އެމެރިކާގެ ޓެކްސަސްގައި 1993 ވަނަ އަހަރު ދެމަފިރިއަކު ކައިވެނި ކުރިތަނުން އޭގެ ތެރެއިން ފިރިހެން މީހާ އަށް ހަމަލާދީ ފިރިހެން މީހާ މަރާލި މައްސަލައިގައި ހިމެނޭ ގާތިލަށް އިއްޔެ މަރުގެ އަދަބު ދީފިއެވެ.

އުމުރުން 43 އަހަރުގެ އެލްވިން ބްރަޒިއެލް ޖޭއާރް އަށް އިއްޔެ މަރުގެ އަދަބު ދީފައި ވަނީ ޓެކްސަސްގެ ޖަލެއްގައި ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ.

ޑޮގްލަސް ވައިޓް ނަމަކަށް ކިޔާ މީހަކާއި އޭނާގެ އަނބިމީހާ ލޯރާ މަގުމަތިން ހިނގާފައި ދަނިކޮށް އެލްވިން ޑޮގްލަސް އަށް ހަމަލާދިނީ ޑޮގްލަސްގެ އަތުން ފައިސާ ފޭރެން ވެގެންނެވެ.

މަރުވުމުގެ ކުރިން އެންމެ ފަހުން ނެރުނު ބަޔާނުގައި އެލްވިން ވަނީ އޭނާ އަށް ކުރެވުނު ކުށަށް މަޢާފަށް އެދިފައެވެ.

"އަހަރެން ބޭނުން ލޯރާގެ ކިބައިން މަޢާފަށް އެދެން. އެއީ އަހަރެންގެ އަތުން އޭނާގެ ފިރިމީހާ މަރުވުމުން. އަހަރެންގެ ލޯބި ވަނީ ވައިޓްގެ އާއިލާ އާއި އެކު." އެލްވިން އެންމެ ފަހުން ބުންޏެވެ.

އެލްވިން އަށް މަރުގެ އަދަބު ދިން ވަގުތު އެތަނުގައި ތިބި މީހުން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައި ވަނީ ލީތަލް އިންޖެކްޝަން ޖެހިތާ މާގިނަ އިރެއް ނުވެ އެލްވިން ވަނީ މަރުވެފައެވެ. އިންޖެކްޝަން ޖެހި ފަހުން ތިން ފަހަރު ފުން ނޭވައެއް ލުމަށް ފަހު އޭނާ މަރުވި ކަމަށް ރިޕޯޓްގައި ވެއެވެ. އެލްވިން މަރުވި ކަމަށް ބުނެފައި ވަނީ ރޭ 19:19 ގައެވެ. އެއީ އިންޖެކްޝަން ޖެހިތާ ނުވަ މިނެޓް ފަހުންނެވެ.

އެލްވިން އަކީ މިއަހަރު ޓެކްސަސްގައި މަރުގެ އަދަބު ދިން 24 ވަނަ ކުށްވެރިޔާ އެވެ. ޓެކްސަސް އަކީ އެންމެ ގިނައިން އެމެރިކާގައި މަރުގެ އަދަބު ދޭ ސްޓޭޓެވެ. ނަމަވެސް މިއަހަރު ދެން ޓެކްސަސްގައި އެއްވެސް މީހަކަށް މަރުގެ އަދަބެއް ނުދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޯލިހު

    ޢެކަމަކު ރާއްޖޭގައި މަރުގެ އަދަބު ދެންޔާ އެއީ އިންސާނިއްޔަތާ ހިލާފު އަމަލެއް

  2. އޭ.އެން.

    މި ޤަވްމުގަ މަރަށް މަރު ހިފުން ހުއްދަ ނެތީ. ކެރަފާ ނަސީމު އެއީ މިހާރު އިސްލާމިކް މިނިސްޓަރަކަށް އައްޔަން ކުރަންވެއްޖެ މީހެއް. އިސްލާމް ދީނުގެ ހުރިހާ ހުކްމްތަކެއް ބާތިލްކުރަން ކެރޭ ގަޓް މީހާޔޯ. މީނާ އާއި އެމްޑީޕީ އިސް ސަފުގައި ތިބި ލާދީނީ މީހުން މައިތިރި ވާނީ މިމީހުންނަށް ގޮތެއް ވީމަ ތޯއެއްޗެއް؟

  3. Miadhu

    މިއީ މުސްލިމުންނާއި އެއްމެ ދެކޮޅު އެމެރިކާގައިވެސް ކަންކުރާގޮތް އެކަމު ސައްތައިން ސައްތަ މި ދިވެހިރާއްޖޭގަވެސް މިވަރުކުރަން ނުކެރުނުތާ ފާޅުގަ އެބުނަނީ ނުކުރާނަމޭ