71 މީހުންނާ އެކު ދަތުރުކުރަމުންދިޔަ ރަޝިޔާގެ ފްލައިޓެއް ވެއްޓި އެންމެން މަރުވެއްޖެއެވެ.

ރަޝިޔާގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ސަރަޓޯވް އެއާލައިންސްގެ މި ފްލައިޓް ވެއްޓުނީ މޮސްކޯގެ ޑޮމޮޑެޑޯވޯ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

މި ބޯޓު ވެއްޓިފައި ވަނީ މޮސްކޯ އާއި 50 މޭލު ދުރުގައި އޮންނަ އާގުނޮވޯ އަވަށަށެވެ.

މި ފްލައިޓުގައި ތިބީ 65 ފަސިންޖަރުންނާއި ހަ ކްރޫއިންނެވެ.

މޮސްކޯގެ ޑޮމޮޑެޑޯވޯ އެއާޕޯޓުން ފުރައިގެން މި ފްލައިޓް ދަތުރުކުރަމުންދިޔައީ ރަޝިޔާ އާއި ކަޒަކިސްތާން އާއި ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ސިޓީ އެއް ކަމަށްވާ އޯސްކް އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު