އިސްރާއީލުގެ ސިފައިން، ފަލަސްތީނުގެ ގެތަކަށް ވަދެގަނެ އެގައުމުގެ ރައްޔިތުން ހައްޔަރުކުރަން ފަށައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ އެތައްބަޔަކު ހައްޔަރު ކުރަމުން މިދަނީ ރާމަﷲ ގެ އިރުމަތީގައި އިސްރާއީލުން ހަދާފައިވާ އޮފްރާ ނަމަކަށްކިޔާ ޔަހޫދީ އާބާދީގައި އިއްޔެ ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެންނެވެ. އިއްޔެގެ ހާދިސާގައި ފަލަސްތީނު މީހަކުވަނީ, ބަޑިޖަހައި އިސްރާއީލު ސިފައިންގެ ދެމީހުން މަރާލާފައެވެ. މިކަންކުރި ފަލަސްތީނު މީހަކީ ކާކުކަމެއް އަދި ނޭނގެއެވެ.

އިސްރާއީލުން މިއަދުގެ ވަރަށް ފަތިހާ ފަލަސްތީނުގެ ރައްޔިތުންގެ ގެތަކަށް ވަދެ ފަލަސްތީނު ސާޅީސް މީހުން ހައްޔަރުކޮށްފައިވާ އިރު، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން ހަމަލާދީ ފަލަސްތީނުގެ ހަތަރު މީހުން ޝަހީދު ކޮށްލާފައިވެއެވެ.

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ، ހުޅަނގު އައްސޭރީގެ ރަށްތަކުން ސާޅީސް މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހަމާސްއާ ގުޅުންހުރި ތިރީސް ހަތްމީހުން ހިމެނޭ ކަމަށެވެ.

ހަމާސްއިން މިއަދު ބުނެފައިވަނީ، އިސްރާއީލު ސިފައިން ހިންގަމުންގެންދާ އޮޕަރޭޝަންތަކުގައި ފާއިތުވީ ހަފްތާ ތެރޭގައި 70 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރު މާޗް މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 240 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 22000 ވުރެ މައްޗަށް އަރައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަބުކުއްޖާ

    ތިވަރު ކުރާއިރުވެސް ދުނިޔޭގެ ބޮޑެތި މުސްލިުމު ބާރުތަކުން އެއްޗެއް ބުނާކަށް ކެރިވަޑައި ނުގަންވާ ޔާﷲ ފަލަސްތީނުގެ ރައްޔިތުން މިމުސީބާތުން ސަލާމަތް ކުރައްވާނދޭ.

  2. ސަޒުނާ

    ހުރި ހިތާމައެއްގެ ބޮޑުކަމާއޭވެ.

  3. ސަމްއާން

    ދެޓްސް ނޮޓް ވެރީ ކޫލް

  4. ސަމްއާން

    ދެޓްސް ނޮޓް ވެރީ ކޫލް؟؟؟؟

  5. ރަންނަމާރި

    ކޮބާ ވަންނަން ޖެހުނު ސަބަބު؟ ނެތް ދޯ؟

  6. ކީލި

    ޢިސްލާމީޤައުމު ތަކުގެ ގިނަ ވެރިންނަކީ ކާފަރުންގެ ކުރިމަތ ދެލޯ އަނދިރި ކަންފައިބީރު ދުލުން ބަސް ބުނެ ވާހކަ ދައްކަން ނުކެރޭ ބަޔަކަށް މިހާރުވަނީ ވެފައެވެ.