ބަންގާޅު ކަނޑުގައި އުފެދިފައިވާ ނުރައްކާތެރި، ބާރުގަދަ ތޫފާން "ޕެތައި" އަށް އިންޑިއާ ތައްޔާރުވާން ފަށައިފިއެވެ.

ރިޕޯޓުތަށް ބުނާ ގޮތުން މި ތޫފާނާއި ގުޅިގެން އިންޑިއާގެ އަންދުރަ ޕްރަދޭސް އަދި އަދި ޓަމިލް ނާޑޫވަނީ ވަނީ ކުލި ހާލަތަށް ގެނެސްފައެވެ. އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަ ކުރާގޮތުގައި މި ތޫފާން މާދަމާގެ ވަގުތެއްގައި މި ދެ ސްޓޭޓަށް އަރާނެއެވެ.

ތޫފާނުގައި ގަޑިއަކު 160 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ތޫފާން އުފެދިފައިވާ ސަރަހައްދުގެ އުދަ ބާނިތަށް ބޮޑު ވާނެތީ މަސްވެރިކަން ކުރާ ފަރާތްތަށް ވެސް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސްގެ ތަރުޖަމާނު ވިދާޅުވީ ތޫފާންގައި ކުލި ހާލަތުގައި ހަރަކާތްތެރިވާނެ ޓީމުތައް މިހާރު އޮތީ އެލާޓަށް ގެނެސްފައެވެ. މީގެ އިތުރުން އިންޑިއާގެ ނޭވީ އަދި ކޯސްޓް ގާޑް ވެސް އޮތީ ކުއްލި ހާލަތަށް ތައްޔާރު ވެފައެވެ.

އިންޑިއާށް އާންމުކޮށް ކޮންމެ އަހަރަކުވެސް ތޫފާންތަށް އަރައެވެ. އެގޮތުން މިދިޔަ ނޮވެންބަރު މަހު ބޭ އޮފް ބެންގާލް ގައި އުފެދުނު ބާރުގަދަ ތޫފާން "ގާޖާ" އިންޑިއާގެ ޓެމިލް ނާޑޫއަށް އަރައި، 45 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.

ތޫފާން "ގާޖާ" ގައި ގަޑިއަކު 120 މޭލު ބާރު މިނުގައި ވައިޖެހުނު މި ތޫފާނުގެ ސަބަބުން 80،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވުނެވެ. އަދި ވިއްސާރައިގެ ސަބަބުން 48 ގަޑިއިރު ތެރޭ 175 މިލިމީޓަރުގެ ވާރޭވެހި 120 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށް އިންޑިއާގެ މީޓިއޮރޮލިޖިކަލް ސެންޓަރުން ވަނީ ރިޕޯޓްކޮއްފަައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޚާން

    ތިޔަތޫފާން ކުޑައިރުކޮޅެއް ކުރިން ނައްޓާލައިފި ހުޅުލޭން

    • ާމަޖާ

      ޙަހަހަހަހަހަހަހަހަހަހާ

  2. އައްޑޫ މީހާ

    ތޫފާނާއިއެކު ޗާޓުން ފޮހެވިއްޖެއިޔާ ރަނގަޅު މުސްލިމުންނާއި ކުޅެން އުޅޭ ބުއްދާއިން

  3. ލިޔުން

    މިހާހަރަކަށް އަިއް ހާދަ ކުށް ގިނަވެޔޭ އެބަ ލިޔުން ތަކުގަ.. އައި އޭމް ސޯ ޑިސްއެޕޮއިންޓެޑް!! ?

  4. ޖަހާންގީރު

    ކާފަރުންތައް ޙަލާކު ކުރައްވާށި އާމީން !