މާސްއިން ހޯދޭ ހޯދުންތަކަކީ ދުނިޔޭގެ އެތައް ބައެއްގެ ޝައުގުވެރިކަމެކެވެ. ޖައްވީ ކަންކަމުގައި އެތަކެއް ދިރާސާތަކެއް ހަދަމުންދާ ނާސާއަށްވެސް މާސްގެ ދިރާސާތަކަކީ އެންމެ މުހިއްމު ދިރާސާތަކެވެ.

މާސްގެ ނިޒާމުގެ ތެރޭގައި އިންސާނުން ދިރިއުޅުމަށް އެކަށޭނެ މާހައުލެއް ގާއިމްވެފައި ވޭތޯ ދިރާސާ ކުރާތާ ޒަމާންތަކެއް ވެފައިވާ އިރު، އެ ދިރާސާގެ ސްޕީޑް ބާރު ނޫން ނަމަވެސް، ގިނަ ހޯދުންތަކެއް ދަނީ ފެންމަތި ވަމުންނެވެ. ވަސީލަތްތަކުގެ ކުރިއެރުމާއެކު މާސްގެ ފޮޓޯތައްވެސް މިހާރު އާންމުވަމުން އަންނަ ލަތް ގިނައެވެ.

ކޮންމެ ފޮޓޯއަކާއެކުވެސް މާސްގެ ތަފާތު މަންޒަރެއް ދައްކުވާލާ އިރު، މިފަހަރުގެ ފޮޓޯއިން ފެނިގެންދަނީ އާދަޔާ ހިލާފު ރީތި އަތުރާލުމަކުން އަތުރާލެވިފައިވާ ނޫ ކުލައިގެން ވެލީގެ ފަށަލައެކެވެ. އާދައިގެ ވެލި ފަށަލައެއްގެ ތެރެއިން 236 ކިލޯ މީޓަރު ހާ ތަނަށް ނޫ ކުލައިގެ ވެލި ފަށަލައެއް ފެތުރިފައިވާ އިރު، އެ ވެލި ފަށަލަ ފެނިފައި ވަނީ މާޓިން އީކުއޭޓާގެ އުތުރު 50 ޑިގްރީންނެވެ.

ނާސާއިން ލަފާކޮށްފައިވާ ގޮތުގައި މިފަހަރު ފެނިފައިވާ ވެލީގެ ފަށަލައަކީ އާދައިގެ ހުދު ކުލައިގެ ވެއްޔާ ހިލާފަށް، އިތުރު ސަބްސްޓެންސްތަކެއް އެކުވެގެން އުފެދިފައިވާ ވެލީގެ ފަށަލައެކެވެ.

ނާސާއިން މާސްއަށް ފޮނުވާފައިވާ މާސް ރޯވާގެ ހައި ރިޒޮލިއުޝަން އިމޭޖް ސައިންސް އެކްސްޕެރިމަންޓް ކެމެރާގެ އެހީގައި ނަގާފައިވާ އެ ފޮޓޯތައް މިހާރު ވަނީ އާންމުންނަށް ދައްކާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ފޯއްބެ

  މި ސަރުކާރުން ދުނިޔެއިން ބޭރަށް ކިޔަވަން ފޮނުަނީ ތިޔަ ތަނަށް

 2. ފަންސުރު

  ތިވާހަކަ އޮންނާނެ އަހަރެމެންގެ ފޮތުގައި. ތި މީހުން ދަސްކުރީ އަހަރެމެންގެ އިލްމު ހުރި ލައިބްރަރީގައި ހުރި ފޮތްތަކުން. އެހެންވެ އެމީހުންނަށް ކަންތައްއ ހޯދުނަސް އަހަރެމެންނަކަށް ނުހޯދޭނެ

  • ގަމާރު

   ކޮން އެއްޗެކޭތަ ތިޔަ ކިޔަނީ. ކުފުރު ވެދާނެ ކަމަށް ސަމާލުވޭ. މި ނޫން ދުވަހެއް އޮތްކަން ހަނދާނުގައި ބަހައްޓާ

  • ރަބަރުގަނޑު

   ކީރިތި ޤުރުއާން ބާވަލެއްވީ މީސްތަކުންނަށް ޙައްޤާއި ބާޠިލު، ޙަރާމާއި ޙަލާލު، ރަނގަޅާއި ނުބައި އުނގަންނައި ދިނުމަށް. ﷲއަށް އަޅުކަންކުރަންވީ ޙައްޤު މަގު ބަޔާންކުރުމަށް، އަދި ﷲއާއި މެދު އަޅުތަކުން ޤަބޫލުކުރަން ޖެހޭ ޞައްޙަ އަޤީދާ ދަސްކޮށްދިނުމަށް، ރިވެތި އަޚުލާޤު ފުރިހަމައަށް ދަސްކޮށް ދިނުމަށް. އެ ވާހާކަތައް ވަރަށް ބަލާޣާތްތެރިކޮށް ޤުރުއާނުގައި އޮންނާނެ. ޤުރުއާނަކީ މީސްތަކުންނަށް ސައިންސާއި އިންޖިނޭރުކަމާއި މާލިމީކަމާއި ވަޑާންކުރަން ދަސްކޮށްދޭން ބާވާލެއްވި ފޮތެއް ނޫން. އެހެންނަމަ އެފަދަ ވާހަކަތައްވެސް ވަރަށް ފުރިހަމަކޮށް އެފޮތުގައި އޮތީސް. މުސްލިމުންގެ ތެރޭގައި އުޅެ ބޮޑުވެ އިސްލާމް ދީނުން މޫނު އަނބުރާލާ ބަޔަކަށް ވުރެ ބަދު ނަސީބު ބަޔަކު ނުތިބޭނެ. ކިތަންމެ މަލާމާތެއް މުސްލިމުންނަށް ކުރިޔަސް، ޒަމާނީ ސައިންސުގެ ބާނީންނަކީ މުސްލިމުން. ގުރީކުގައާއި އިންޑިއާގައި ހޯދި ހޯދުންތައް ވަޅުޖެހި ހަނދާންނެތިފައި ވަނިކޮށް އެތަކެތި އެއްކޮށް އަދި އައު ޢިލްމުތައް ރައްކާތެރިކޮށްދީ ދުނިޔެއަށް ބަޔާންކޮށް ދިނުމުގެ ސަބަބުން ޒަމާނީ ސައިންސަށް މަގުފަހިވީ. ޔޫރަޕު މީހުން އެ ބުނާ ގުރީކު މީހުންގެ އީޖާދުތައް ދަސްކުރީ މުސްލިމުންގެ ލައިބުރަރީތަކުން މުސްލިމު ޤަލަމުން ކޮށްދީފައިހުރި ޝަރަޙަތަކުން.

 3. ބީޗްމޭނިއާ

  އައްޑޫގަ ތިހަދަން އުޅޭ ތުނޑިހެން ރަށެއްގެ ދޮންވެލި ބީޗަކުން ތަންކޮޅެއް ނަގާފަ ނޫދަވާދު އޭގެ މައްޗަށް އޮއްސާފަ ބޭރު ޕްލެނެޓްތަކަށް ފެކްސްކުރަންވީ ދުނިޔެއިންވެސް ނޫވެލި ބީޗެއް ފެނިއްޖެޔޭ. އަހަރެމެންގެ ދުނިޔެ މާސްއަށް ވުރެ ކަޑައެއް ނުވާނެ.