ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާގެ ލަސްކަރުގައި ހަނގުރާމަކުރި ވެޓެރަންސް އޮފިސަރު، ރިޗާޑު އޮވާޓަން، އުމުރުން 112 އަހަރުގައި މަރުވެއްޖެއެވެ.

އޮވާޓަންއަކީ އެމެރިކާގައި ހުރި އުމުރުން އެންމެ ދޮށި މީހާއެވެ. އޭނާ ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ތިން އަހަރު ވަންދެން އެމެރިކާގެ އަސްކަރިއްޔާގައި ހިދުމަތް ކޮށްފައެވެ. 2013 ވަނަ އަހަރުގެ ވެޓެރަންސް ދުވަހުގައި އޭރުގެ ރައީސް ބަރަކް އޮބާމާ ވަނީ އޮވާޓަންއަށް ޝަރުފުވެސް އަރުވާފައެވެ.

އުމުރުން 30ގެ އަހަރުތަކުގެ ތެރޭގައި އޮވާޓަން ސިފައިންގެ ހިދުމަތާ ހިލޭ ގުޅިފައިވާ އިރު، އޭނާ ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ޕާލް ހާބަރުގެ ހާއްސަ އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އަދި ޖަޕާނުން ޕާލް ހާބަރަށް ބޮން އެޅުމުން އޮވާޓަން ސަލާމަތްވީ ހަމަ ކިރިޔާއެވެ.

އޮވާޓަންގެ އުމުރުގެ ބޮޑު ބައެއް އޮސްޓަން ސްޓޭޓްގައި ދިރިއުޅެފައިވާ އިރު، އޭނާ ދިރިއުޅެމުންދިޔަ މަގުގެ ނަންވެސް އޭނާގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. އެއީ އޮވާޓަންގެ 111 ވަނަ އުފަން ދުވަހާވެސް ގުޅުވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު