އެމެރިކާގެ ނިއުކިލިޔާ ހަތިޔާރު ކޮންޓްރޯލް ކުރުމުގެ ބާރު އޮންނަ އެމެރިކާ އަސްކަރީޔާގެ ސްޓްރެޖިކް ކޮމާންޑުން ކުރި ޓުވީޓަކުން އެ އިދާރާ އަށް އެތަށް ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

އާ އަހަރަށް މަރުހަބާ ކިޔައި އެމެރިކާ އަސްކަރީޔާގެ ސްޓްރެޖިކް ކޮމާންޓުން ބޮން އަޅަން ބޭނުން ކުރާ "ބީ 12 " ބޯޓެއްގެ ފޮޓޯ އަކާއި އެކު ކުރި ޓުވީޓެއްގައި ވަނީ ނިޔުޔޯކުގެ ޓައިމްސް ސްކުޔާގައި އާ އަހަރު ފާހަކުރުން ފަށަނީ މަތިން ބޯޅައެއް އެ ސްކުޔާއަށް ވައްޓައިގެން ނަމަވެސް އެ އިދާރާ އޮތީ އެއަށް ވުރެން ބޮޑު އަދި ވަރުގަދަ އެއްޗެއް ނިއުޔޯކް ޓައިމްސް ސްކުޔާ އަށް ވައްޓާލަން ތައްޔާރަށް ކަމަށެވެ.

އެމެރިކާ އަސްކަރީޔާގެ ސްޓްރެޖިކް ކޮމާންޑުން ކުރި މި ޓުވީޓު އިރުކޮޅެއް ފަހުން ޑިލިޓް ކޮއްފައިވާއިރު އެ ޓުވީޓް ދިފާއުކޮށް އެ އިދާރާގެ ތަރުޖަމާނު ވިދާޅުވީ އެޓުވީޓުގައި އެ މާނަ ކުރަނީ އެމެރިކާ އަސްކަރިޔާ އޮތީ ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރުވެގެން ކަމަށާއި އެ ޓުވީޓުން ދޭހަވަނީ އެ އިދާރާގެ ވަރުގަދަ ކަން ކަމަށެވެ.

އެމެރިކާ އަސްކަރީޔާގެ ސްޓްރެޖިކް ކޮމާންޓުން ކުރި މި ޓުވީޓަށް އެތަށް ބައެއްގެ ފާޑުކިޔުން މީސް މީޑިއާގައި ދަނީ އަމާޒު ވަމުންނެވެ.

ކޮންމެ އަހަރަކުވެސް އާ އަހަރުގެ ހަރަކާތްށް އެމެރިކާގެ ޓައިމްސް ސްކްއަރ ގައި ކުރިޔަށް ގެންދެއެވެ. 31 ޑިސެމްބަރު ދުވަހުގެ ރޭ ދަންވަރު 11:59 ން މެންދަމުގެ ބަރާބަރު 60 ސިކުންތު ކުރިން ޓައިމްސް ސްކްއަރ މަތީގައި އޮންނަ ދަނޑިއަކުން ދޫކޮށްލެވޭ ބޯޅައެއް އައިސް ބިމުގައި ޖެހޭނީ ބަރާބަރު 12 ޖަހާއިރުއެވެ.

މި ހަރަކާތުގައި މިއުޒިކާއި ލަވަ އަދި ހަވާ އެރުވުން ކުރިޔަށް ގެންދެވެއެވެ. މީގެ އަމާޒަކަށް ވެފައި އޮންނަނީ ގިނަބަޔަކު ޝައުގުވެރިކުރިވާ އެތަނަށް ގިނަ ބަޔަކު ގެނައުން ކަމަށް ވެއެވެ.

ކޮންމެ އަހަރަކު ވެސް އެސަރަހައްދަށް މިލިޔަނަކަށްވުރެ ގިނަ މީހުން މިހަރަކާތް ބެލުމަށް އެމެރިކާއިންނާއި ދުނިޔޭގެ އެކި ހިސަބުތަކުން ޖަމާވަމުން ދެއެވެ. އަދި އެތައް މިލިޔަން ބަޔަކު ލައިވުކޮށް ޓީވީން މި މަންޒަރުތައް ބަލާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު