އިސްރާއީލަށް ބިމެއް ވިއްކާލި ފަލަސްތީނާއި އެމެރިކާގެ ވެސް ރައްވެހިކަން އޮންނަ މީހަކު އުމުރަށް ޖަލަށް ލާން ފަލަސްތީނުގެ ކޯޓަކުން ހުކުމް ކޮށްފިއެެވެ.

ފަލަސްތީނު ބިން އެހެން ގައުމެއްގެ މީހަކަށް ވިއްކުމަކީ ފަލަސްތީނުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. ފަލަސްތީނަށް ނިސްބަތްވާ އެމެރިކާގެ ރައްވެހިކަން އޮންނަ މީހެއް ކަމަށްވާ އިސާމު އަކެލް އުމުރަށް ޖަލަށް ލާން ޙުކުމް ކުރުމުން އެމެރިކާއިން ބުނީ އެގައުމުގެ ރައްޔިތަކު އުމުރަށް ޖަލަށްލާން ފަލަސްތީނުގެ ކޯޓަކުން ކުރި ހުކުމް ގާތުން ބަލަމުން ދާކަމަށެވެ.

އެމެރިކާ އިން އިސްރާއީލަށް ކަޑައަޅުވާފައި ހުންންވާ ސަފީރު ވެސް ވަނީ އިސާމު އަކެލް ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ.

އިސާމް މިހާރު ވެސް ދިރިއުޅެމުން އަންނަނީ ގުދުސްގައެވެ. އިސާމްގެ މައްޗަށް އިއްވި ޙުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު އޭނާ އަށް އޮންނާނެއެވެ.

އިސާމްގެ މައްޗަށް ޙުކުމް އިއްވާފައި މިވަނީ އޭނާގެ މައްސަލަ ތަޙްޤީޤު ކުރުމަށް އިސްރާއީލުން އެތައް ފަހަރަކު ހުރަސް އަޅާފައި ވަނިކޮށެވެ.

އިސްރާއީލަށް ފަލަސްތީނުގެ ބިން ވިއްކުން މަނާކޮއްފައިވާ އިރު އިސްރާއީލުން 1967ގައި އިރުމަތީ ގުދުސްއާއި ހުޅަނގު އައްސޭރި ހިފި ފަހުން މިހާތަނަށް 140ށް ވުރެ ގިނަ ފަހަރުމަތިން ގެދޮރު ބިނާކޮށް، އެސަރަހައްދުތަކުގައި އާބާދު ކޮށްފައިވާ ޔަހޫދީންގެ އަދަދު 600000 އަށް ވުރެ އިތުރެވެ.

ރިޕޯޓަކުން ދައްކާ ގޮތުގައި 1967 ވަނަ އަހަރު އިސްރާއިލުން އިރުމަތީ ޤުދްސަށް އަރައި އެރަށް ހިފިފަހުން ފަލަސްޠީނު މީހުންގެ 5000 ގެ ތަޅާލާފައި ވެއެވެ.

އިސްރާއީލު މީހުންނަށް ހަމަލާދޭ ފަލަސްތީނު މީހުންގެ ގެދޮރު ތަޅައި ސުންނާފަތި ކުރުމަކީ އިސްރާއީލުން އާންމުކޮށް ހިންގާ އިންސާނިއްޔަތާ ޚިލާފް ޖަރީމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު