ޖަޕާނުގެ ކޯސްޓަލް އޭރިއާއަށް ރެކްޓާ މިންގަނޑުން 6.4ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޖަޕާނަށް ދާދި ދެންމެއަކު ބިންހެލުން އައިސްފައިވާ އިރު، އެމެރިކާގެ ޖިއޮލިޖިކަލް ސާވޭން ބުނެފައި ވަނީ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތައް އަދި ނޭނގޭ ކަމަށެވެ. ބިންހެލުން އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭން ބުނެފައި ވަނީ ޖަޕާނުގެ ދެކުނު ކޯސްޓްގެ ކަގޮޝީމާއަށެވެ.

ބިމުގެ އަޑިން 39 ކިލޯމީޓަރު އަޑިއަށް ބިންހެލުން އައިސްފައިވާ އިރު، ބިންހެލުން އައިސްފައި ވަނީ ކޯސްޓާ 116 ކިލޯ މީޓަރު ދުރަށެވެ.

ބިންހެލުމަކީ ޖަޕާނަށް އާންމު ކަމެކެވެ. ޖަޕާނު ހިމެނޭ ސަރަހައްދަނީ ސެސްމިކަލީ ދުނިޔޭގެ އެންމެ ހަލަބޮލި ހިސާބެވެ، ދުނިޔެއަސް އަންނަ ބިންހެލުމުގެ 20 އިންސައްތަ ހިއްސާ ކުރަނީ ޖަޕާނުން ކަމަށްވާ އިރު، މީގެކުރިން އެގައުމަށް ވަނީ ސުނާމީއެއް އަރާ ބޮޑެތި ގެއްލުންތަކެއްވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު