އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާ ގޮތައް މެކްސިކޯ ފާރު ރާނަން ބަޖެޓް ނުދިނުމުން އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު މިކަމުގެ ސަބަބުން އެމެރިކާގެ ނޭޝަނަލް އޯޝަނިކު އެޓޮމޮސްފެރިކް ގެ ދަށުން ހިނގަމުން އަންނަ އެމެރިކާއަށް ސުނާމީގެ އިންޒާރު ދޭ ނިޒާމު ހުއްޓުމަކަށް އައިސްފިއެވެ.

އެމެރިކާގެ ޕުންކެޓް ބޭރުން ކަނޑުގައި ހަރުކޮށްފައިވާ ސުނާމީގެ އިންޒާރުދޭ ބޮއިތަށް މަސައްކަތް ކުރުން ހުއްޓާލި އިރު, މިއީ އެމެރިކާގެ އައްސޭރިފަށުގައި ދިރިއުޅޭ އެތައް މިލިއަން މީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލުން ކަމަށް ބުނެ ބައެއް ފަރާތަކުން ދަނީ އެމެރިކާ ސަރުކާރަށް ފާޑުކިޔުން ރައްދު ކުރަމުންނެވެ.

އެމެރިކާގެ ޕުންކެޓް ބޭރުން ކަނޑުގައި ހަރުކޮށްފައިވާ ބޮއިތަށް އާލީ ވާނިންގް ސެންޓަރާއި ގުޅުން ކެނޑިފައިވާއިރު އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައުމާއި ގުޅިގެން މިދިޔަ އަހަރު ޑިސެމްބަރ 22 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އަށްލައްކަ އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ މުސާރައެއް ނުލިބިއެވެ.

ޓްރަމްޕް ބޭނުންވާ ގޮތައް މެކްސިކޯ ފާރަށް ހައުސް އިން ބަޖެޓް ނުދިނުމުން އޭނާ ބުނީ ހައުސްގެ މެންބަރުން ބޭނުންވާ ހުރަސްތައް ކުރިމަތި ކުރުވިދާނެ ކަމަށާއި ނަމަވެސް ގައުމުގެ ރައްކާތެރިކަން ހިމާޔަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު