ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލީގެ މެދުގެ ސަރަހައްދަށް މިއަދު ހެދުނު އައި ބާރުގަދަ ބިންހެލުމެއްގައި ދެ މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި މި ދެމީހުން ވެސް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުން 6.8 ގެ މެގްނިޓިއުޑް ބާރުމިނުގައި މި ބިންހެލުން އައީ ކޮންބެކް ސިޓީގެ އައްސޭރިފަށާ ގުޅިފައިވާ އާކްޓިކް ކަނޑުގެ އަޑިން 33 މޭލު ފުނަށެވެ.

ކޮންމެ އަހަރަކުވެސް މި ސަރަޙައްދުގެ ބިމުގެ އަޑިން ހާހަކަށްވުރެ ގިނަ ކުދި ބިންހެލުންތައް އަންނަމުންދެއެވެ. މިއަދުގެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެކަމުގެ އިންޒާރެއް ނެރެފެއް ނުވެއެވެ.

ބިންހެލުމާއި ގުޅިގެން މީހުން ސަލާމަތް ކުރާ ޓީމްތަށް އެލާޓަށް ވަނީ ގެނެސްފައެވެ.

ޗިލީއަށް މިއަދު އައި ބިންހެލުމާއި ގުޅިގެން މިހާތަނަށް އެއްވެސް ތަނަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކޮންބެކް ސިޓީގެ 200000 ގެއިން ވަނީ ކަރަންޓް ކެޑިފައެވެ.

ދުނިޔޭގެ ބިންހެލުން އަންނަ "ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ ބިންހެލުން ގިނަ އަދަދަކަށް އަންނަ ހިސާބެއްގައި އޮންނަ ޗިލީ އަށް 2010 ވަނަ އަހަރު 8.8 މެގްނިޓިއުޑްގައި އައި ބިންހެލުމެއްގައި ސުނާމީ އުފެދި ދެ އަވަށަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އެ ބިންހެލުމުގައި 500 އަށް ވުރެ ގިނަ މީހުން މަރުވެ 30 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް އިތުރު ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކާއި މިއަހަރުގެ ރެކޯޑުތައް އަޅައިކިޔާލާއިރު އެކަން ސާފުވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު