އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރު ކަމުން ދުރުކުރަން އިންޑިއާގެ ބައި މިލިއަން މީހުން މުޒާހަރާ ކޮށްފިއެވެ.

މެއި މަހު ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިހާބާ ދިމާކޮށް އިއްޔެ އިންޑިއާގެ ކަލްކަތާގައި މޯދީއާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާގައި ބައި މިލިއަނެއް ހައި މީހުން ބައިވެރިވިއިރު މުޒާހަރާގައި 20 އަށް ވުރެ ގިނަ ޕާޓީން ބައިވެރިވިއެވެ.

ބައެއް ނޫސްތަކުން ރިޕޯޓް ކުރި ގޮތުގައި އިއްޔެ ބޭއްވި މި މުޒާހަރާގައި ހަތަރު މިލިއަން މީހުން ބައިވެރިވިއެވެ. ނަމަވެސް މުޒާހަރާގައި ބައިވެރިވީ 500000 މީހުން ކަމަށް ކަލްކަތާގެ ފުލުހުން ވަނީ ބުނެފައެވެ.

މި މުޒާހަރާގައި އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްގެ ކުރީގެ ލީޑަރު ސޯނިއާ ގާންދީ ވަނީ މުޒާގަރާގައި ބައިވެރިވެފައެވެ.

2014 ވަނަ އަހަރު ބޮޑު ތަފާތަކުން ވެރިކަމަށް އައި މޯދީ މުޒާހަރާތަކަށް ރައްދުދެއްވާ ފާޑު ވިދާޅުވަމުން ވިދާޅުވީ މިއީ އިދިކޮޅު ޕާޓީތަކުން އަމިއްލަ ޒާތީ މަސްލަހަތު އިސްކޮށްގެން ބޭއްވި ޒިންމާދާރުކަން ކުޑަ މުޒާހަރާއެއް ކަމަށެވެ.

މުޒާހަރާތަށް މޯދީއާއި ދެކޮޅަށް ކުރަމުންދާއިރު މިދިޔަ ޑިސެމްބަރު މަހު ތިން ސްޓޭޓެއްގައި ބޭއްވި މަޖިލިސް އިންތިހާބުން މޯދީގެ ޕާޓީ ބީޖޭޕީ ވަނީ ނާކާމިޔާބުވެފައެވެ.

މީގެ އިތުރުން ބީޖޭޕީއިން 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމަށް އައުމަށް ފަހު އެގައުމުގައުވަނީ މުސްލިމުނާއި ދެކޮޅަށް އުފެދޭ ނަފުރަތު ވަނީ ހައިރާން ކުރަނިވި ވަރަކަށް މަތިވެފައެވެ. ކަންމިހެން ހުރުމުގެ ސަބަބުން އެގައުމުގައި ވަނީ ދީނީ އަދި އެހެހެނިހެން ގޮތްގޮތުން ތަފާތު ކުރުމުގެ ރޫހެއް އުފެދިފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައިޒް

    އަލްހަމްދުލިއްލާހި ޝުކުރު

  2. އަބޯ

    މޯދީ ކަހަލަ ނަސްލު ތަފާތު ކުރާ މީހުން ވެރިކަމުން ދުރުކުރަންޖެހޭނެ. އަދި މޯދީޔަކީ އަޔޯދިޔާގަ ހުރި މިސްކިތް ތަޅަލި އިސްލީޑަރު މިސްކިތްތަޅާލުމަށްފަހު ހިގަި ހަމަނުޖެހުނަތަކުގާ އެތައްމުސްލިމުންނެއް މަރާލުމުގާ ވެސް މޯދީގެ އަތެއްވޭ އޭރު ސްޓޭޓްގެ ޗީފް މިނިސްޓަރަކީ މޯދީ ހަމަނުޖެހުން ހުއްޓުވާކަށް އަމުރެއްނުނެރޭ . މޯދީ މަސައްކަތް ކުރީ ނަސްލު ނައްތާލަން .

  3. Anonymous

    ﷲ ކާމިޔާބުދެއްވާށި. އާމީން

  4. ކުސުމް

    އަވަސްކުރޭ އަވަސްކުރޭ.. މާ ލަސްވެސް ވެއްޖެ.