ފަލަސްތީނުގެ އިރުމަތީ ގުދުސްގައި އދ.ގެ ރެފިއުޖީ އެޖެންސީން ހިންގާ ސްކޫލްތައް ބަންދު ކުރަން ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލުން ނިންމައިފިއެވެ.

ފަލަސްތީނުގެ ދެ ރެފިއުޖީ ކޭމްޕްގައި އދ.ގެ އެޖެންސީން ހަތް ސްކޫލް ހިންގައެވެ. އެ ސްކޫލްތަކުން 4000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވައެވެ.

ރިޕޯޓުތަށް ބުނާ ގޮތުން އިރުމަތީ ގުދުސްގައި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްތީން އިން ހިންގާ ސްކޫލްތައް ބަންދު ކުރަން ނިންމީ އިޒްރޭލްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ކަމަށެވެ.

އދ.ގެ ރެފިއުޖީ އެޖެންސީ އަށް ފައިސާ ދިނުން އެމެރިކާ އިން މިދިޔަ އަހަރު ވަނީ ހުއްޓާލައިފަވާއިރު އދ.ގެ އެޖެންސީން ބުނެފައި ވަނީ ސްކޫލްތައް ބަންދުކުރާކަން އިސްރާއީލުން އަންގާފައި ނުވާ ކަމަށެވެ.

ފަލަސްތީނުން އިސްރާއީލުގެ މި ނިންމުމަށް ރައްދުދީ ބުނެފައިވަނީ މި ނިންމުމަކީ ބައިނަލްއަގުވާމީ މުޖްތަމައަށް ގޮންޖެހުން ފަދަ ކަމެއް ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު