ރައީސްކަމަށް އެރުމަކީ ލިބުނު ނާކާމިޔާބީއެއްގެ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ރައީސްކަމަށް އެރުމަށްފަހު، އެމަޤާމާ ގުޅޭގޮތުން ކުރިން އޭނާ ނުދައްކާ އެތައް ވާހަކައެއް ދައްކާފައިވާއިރު، މިކަން ނާކާމިޔާބީއަކަށްވީ ކީއްވެގެންކަންވެސް ބުނެފައިވެއެވެ.

ޓްރަމްޕް ބުނި ގޮތުގައި ރައީސްކަމަށް އިންތިޚާބުވެ، އެމަޤާމަށް އޭނާއަށް އާދެވުމުން ކުރިން ހިންގަމުން އައި ވިޔަފާރިއަށްވަނީ އެތައް ގެއްލުމެއް ލިބިފައެވެ. އެގޮތުން، ސީދާ އޭނާގެ އަތުންވެސް، އެތައް ފައިސާއެއް ގެއްލުނުކަމަށް ބުނެފައިވެއެވެ. އަދި މިހާ ގިނަ ފައިސާ ގެއްލުމަކީ ހަމައެކަނި ފައިސާ ގެއްލުން ނޫންކަމަށާއި އެއީ ނާކާމިޔާބެއްކަމަށް ބުނެފައިވެއެވެ.

ގިނަ ޤައުމުތަކުގައި ހެދިފައިވާ ޤާނޫނުތައް ފަދައިން، އެމެރިކާގެ ޤާނޫނުތައްވެސް ރައީސްކަމުގައި ހުންނަ މީހަކު، ވިޔަފާރީގެ ބައެއް ކަންކަމުގައި އުޅުން މަނާކުރެއެވެ. އެހެންކަމުން، އަމިއްލަ ވިޔަފާރީގެ ބައެއް ކަންކަން ދޫކޮށްލަން އޭނާއަށް މަޖުބޫރުވިއެވެ.

"ފޯބްސް" މަޖައްލާ އިން ހާމަކޮށްފައިވާ ގޮތުގައި ޓްރަމްޕް ރައީސްކަމަށް ހަވާލުވުމުން، އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާ އެތައް ތަނެއް މަދުވިއެވެ. އެގޮތުން، މިލްކިއްޔާތުގައި ހުރި 4.5 ބިލިއަން ޑޮލަރު، 3.1 ބިލިއަން ޑޮލަރަށް ދައްވިކަމަށް ބުނެފައިވެއެވެ.

"ނިއު ޔޯކް ޓައިމްސް" އަށް ދިން ބަސްދީގަތުމެއްގައި ޓްރަމްޕް މިކަންކަން ހާމަކޮށްފައިވާއިރު، އޭނާގެ ރިއަލް އެސްޓޭޓް ވިޔަފާރިންވެސް، އޭނާއަށް އެންމެ އެދެވޭ މަންފާއެއް ނުކުރާކަމަށް ބުންޏެވެ. އެގޮތުން، އެމެރިކާގެ ފެޑެރަލް މުވައްޒަފުންނަށް، އެއްވެސް ޤައުމަކުން، ނުވަތަ ޤައުމެއްގެ ރަސްކަލަކު ނުވަތަ އަމީރަކު ދޭ ހަދިޔާގައި ހިފުމަކީ މަނާކަމެއްކަމަށްވާއިރު އެކަމުންވެސް އެތައް ގެއްލުމެއް ލިބިފައިވާކަމަށް ޓްރަމްޕް ބުންޏެވެ.

މި ނޫނަސް އެތައް ކަމެއް ޓްރަމްޕް ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހިމީހާ

    އިބޫއެކޭ އެއްގޮތް ދޯ ހަމަ؟ ހަދާނެ ގޮތެއް ނެނގިފަ މިހުންނަނީ މީނަވެސް.