އިސްލާމް ދީނަށް ވަރަށް ބޮޑަށް ފާޑުކިޔާ، މުސްލިމުންނާއި ދެކޮޅަށް އެތައް ވާހަކައެއް މީގެ ކުރިން ދެއްކި ހޮލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ޖޯރަމް ވަން ކްލަވަރެން އިސްލާމްދީން ގަބޫލު ކޮށްގެން ހުރިކަން އޭނާ އިއުލާން ކޮށްފިއެވެ.

އުމުރުން 39 އަހަރުގެ ޖޯރަމް އިސްލާމްދީން ގަބޫލު ކުރިކަން އިއުލާން ކުރީ ހޯމަ ދުވަހު އެވެ. ނަމަވެސް އޭނާ އިސްލާމްދީން ގަބޫލު ކުރީ މިދިޔަ އޮކްޓޯބަރ މަހު ކަމަށް ހޮލެންޑްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ހޮލެންޑްގެ ފްރީޑަމް ޕާޓީގެ މެންބަރެއްގެ ގޮތުގައި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަން ކުރި ޖޯރަމް އިސްލާމްދީނާއި މެދު ދެކޭ ގޮތް ބަދަލު ކޮށްލީ އޭނާ އިސްލާމްދީނާއި ގުޅޭ ގޮތުން ލިޔަން ފެށި ފޮތެވެ. އެފޮތް ލިޔުމަށް ދިރާސާތައް ކުރަން ފެށުމުން އިސްލާމްދީނާއި މެދު ދެކެވިފައި އޮތީ ގޯސްކޮށްކަން ވިސްނުނު ކަމަށް ޖޯރަމް ބުންޏެވެ.

"އިސްލާމް ދީނަށް އަހަރެން ކުރިން ވަރަށް ބޮޑަށް ނަފްރަތުކުރިން. އެކަމަކު ހީކުރެވުނީ ނުބައިކޮށް ކަމަށް އަމިއްލަ އަށް ނިންމަންޖެހޭ ހިސާބަށް ދިއުމުން އެއީ ހެއްވާ ކަމެއް ނޫން. އެކަމަކު ކަލަކު ވޮޑިގެންވޭތޯ ހޯދަން ކުރި މަސައްކަތުގައި އަހަންނަން ވަރަށް އުނދަގޫ ހާލަތްތަކާ ކުރިމަތިވި. އެކަމަކު އެކަން މަޑުމަޑުން ފިލައިގެން ހިނގައްޖެ" ޖޯރަމް ބުންޏެވެ.

ޖޯރަމްގެ އިތުރުން ހޮލެންޑްގެ ފްރީޑަމް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ އިސްލާމްދީނަށް ފާޑުކިޔާފައިވާ ޤާނޫނު ހަދާ މަޖިލީހުގެ އެހެން މެންބަރަކު ވެސް މީގެ ކުރިން ވަނީ އިސްލާމް ވެފައެވެ. އަދި އެޕާޓީގެ ހަރަކާތްތަކަށް ތާއިދު ކުރި ގިނަ އާއްމު މެންބަރުން ވެސް ގެންދަނީ މިހާރު އިސްލާމްދީން ގަބޫލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބުރޯ

    އިސްލާމްދީނުގެ މާތްކަން އެގޭނީ ގަދައަށް ރުޅިއައިސް ތިބެގެންނަމަވެސް ހެދޭދިރާސާ ތަކުން އެކި ދީންތަކާމެދު ވިސްނާ ފިކުރުކުރުމުން އިސްލާމްދީނުގާ ހުރި ރަނގަޅު ގޮތްތައްފެނީ އެމީހުން ނަށް ތެދުމަގު ފެނިގެންދަނީ

  2. ައާދަމް

    އަލްހަމްދުﷲ .... ތިބާގެ ފާފަފުއްސަވައި ހެޔޮރަހުމަތް ލައްވާށި.... އާމީން.

  3. ޒަނީނު

    الحمد لله على نعة الإسلام
    اللهم اغفر له وارحمه

  4. ޢަބްދުﷲ

    الحمد لله ماشاء الله

  5. ރިޔަަަައްލޫ

    ޢަލްހަމްދު ލިﷲ

  6. އުފާވެރި

    އަލްޙަމްދުލިﷲ

  7. ތުނބުޅި

    ދުނިޔެއަށް ތިޔަލައިގަތީ ކުޑަ މުސީބާތެއް ނޫނެއްނު؟

  8. އަކުރު

    الحمد لله الله أكبر އެނާ އިސްލާމް ދީނުގައި ސާބިތު ކުރައްވާށި! ވަރަށް ހެޔޮ ޚަބަރެއް އަދި ވަރަށް ރަނގަޅު މިސާލެއް. މިފަދަ ކޮންމެ ހާދިސާއަކުން އެނގިގެން ދާ އެންމެ ބޮޑު އެއް ޙަޤީޤަތަކީ ޙައްޤު މަގު އެދި ޙައްޤު ހޯދުމަށް އިޚުލާސްތެރިކޮށް މަސައްކަތް ކުރާނަމަ ﷲ އެފަދަ އެއްވެސް މީހަކަށް ހައްޤު މަގު ލިބުމުން މަޙުރޫމް ނުކުރައްވާނެކަން. އަދި ﷲ ރުއްސަވާ މީހަކަށް މެނުވީ ތެދުމަގު ނުލިބޭނެކަން. އަދި މި ދީނަށް މުސްލިމުންގެ ނަމުގައި ތިބި މީހުން ކަމޭނުހިތާނަމަ މި މަތިވެރި ދީނަށް ކަމޭހިތާނެ ބަޔަކު ލެއްވުމަށް ﷲ ކުޅަދުންވަންތަކަން، އެއީ މިދީނުގެ ޢަދާވާތްތެރިންގެ ތެރެއިން ބަޔަކަށް ހިދާޔަތް ދެއްކެވުމުންކަމަށްވިޔަސް. އިސްލާމީ ތާރީޚުގައި މިކަން މިއީ ވަރަށް ގިނައިން ހިނގާފައިވާކަމެއް. ޢުމަރުގެފާނު އިސްލާމްވީއްސުރެ މިއަދާ ހަމައަށްވެސް މިކަންކަން މިގޮތަށް ހިނގާ.

  9. نصرالله

    الحمد لله.

  10. އައްޔުބެ

    އަލްޙަމްދުﷲ