އުތުރު ކޮރެއާއިން އެއާޕޯޓުތަކުގައި ނިއުކުލިޔާ މިސައިލް ފޮރުވައިގެން ގެންގުޅޭ ކަމަށް އދ ގެ ތަޖުރިބާކާރަކު ބުނެފިއެވެ.

އދ ގެ ތަޖުރިބާކާރަކު ވިދާޅުވީ އެމެރިކާއިން ދީފާނެ ހަމަލާ އަކުން ނިއުކުލިޔާ ހަތިޔާރު ރައްކާތެރި ކުރަން އެ ތަކެތި ފޮރުވަން އެއާޕޯޓް ތަކާއި އިމާރަތްތަށް އުތުރު ކޮރެއާއިން ބޭނުން ކުރާ ކަމަށެވެ.

އދ އިން ބުނާ ގޮތުގައި އަދިވެސް އުތުރު ކޮރެއާއިން ދަނީ ގަވާއިދާ ހިލާފަތް ނިއުކުލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮރެއަން ޕެނިންސިއުލާގެ މަސްރަހު މިދިޔަ އަހަރު ކުރީކޮޅު ވަރަށް ބޮޑަށް ހޫނުވެ ދެންމެ ދެންމެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެސް ހީވިއެވެ. ނަމަވެސް އުތުރު ކޮރެއާއިން ފަހުން ވަނީ ވަރަށް ބޮޑަށް ގޮތްދޫކޮށް މީގެ ކުރިން ދުވަހަކު ވެސް ސުލްހައަށް އިސްކަން ނުދޭވަރަށް ސުލްހައަށް އިސްކަންދީ ދެކުނު ކޮރެއާ އަދި އެމެރިކާގެ ވެރިންނާއި އެކު މަޝްވަރާތައް ބާއްވާފައެވެ.

ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުން ކުރާ ސައިޓެއް ވެސް އުތުރު ކޮރެއާ އިން މިއަހަރު ހަލާކު ކޮށްލިއެވެ.

ނަމަވެސް އެމެރިކާގެ ޖާސޫސީ އިދާރާ އިން މިހާރު ތުހުމަތު ކުރާ ގޮތުގައި އުތުރު ކޮރެއާ އިން ގެންދަނީ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ސިއްރުން މިހާރު ވެސް ކުރިއަށް ގެންދަމުންނެވެ.

ނިއުކްލިއާ ޓެސްޓްތައް ހަދަން އުތުރު ކޮރެއާގައި ގާއިމް ކޮށްފައިވާ އިމާރާތްތައް ސުންނާފަތިކޮށްލަން އުތުރު ކޮރެއާ އިން ވެފައިވާ ވައުދު ފުއްދުމުގެ މަސައްކަތް އުތުރު ކޮރެއާ އިން ކުރިއަށް ނުގެންދާ ކަމަށް އެމެރިކާއިން ވަނީ ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު