ބައިނަލް އަޤްވާމީ ދުނިޔޭގައި ޕާކިސްތާނުގެ ނަން ފޮހެލުމަށްޓަކައި ޑިޕްލޮމެޓް ގޮތުން ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ ކަމަށް އިންޑިޔާގެ އިންޑީޔާގެ ފެޑްރަލް މިނިސްޓަރ އަރޖުލް ޖައިޓްލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ކަޝްމީރުގެ ޕުލްވަމާ އޭރިއާގައި އިއްޔެ ދިން ހަމަލާގައި އިންޑިއާ ފުލުހުންގެ 44 މީހުން މަރުވުމާއި ގުޅިގެން ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައެވެ. ކަޝްމީރުގައި އިންޑިޔާއިން ވެރިވެފައިވާ ސަރަހައްދުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގެ މަރުވެފައިވަނީ އެސަރަހައްދުގައި ޙަރަކާތްތެެރިވާ އިންޑިޔާގެ ޕެރަމިލިޓަރީ ފުލުހުންނެވެ.

މި ހަމަލާ ދިން ކަމަށް ޖައިޝީ މުހައްމަދު ޖަމާއަތުން އެއްބަސް ވެފައިވާއިރު، އިންޑިޔާއިން ބުނެފައިވަނީ މިހަމަލާގައި ޕާކިސްތާނުގެ ސީދާއަތެއް ވާކަމަށެވެ. މިމަައްސަލައިގައި އިންޑިއާ އިން ވަނީ ޕާކިސްތާނުގެ ސަފީރު ހާޒިރުކޮށްފަ އެވެ. ޕާކިސްތާނުން މިހާތަނަށް މިކަން ދޮގުކޮށްފައިވާއިރު، ޕާކިސްތާނުން މިފަދަ ކަމެއް ކުރި ކަމެއް ތުހުމަތު ކުރަމުންދާއިރު، މިކަމުގެ ހެކި ހާމަ ކުރުމަށް ޕާކިސްތާނުންވަނީ ގޮވާލާފައެވެ.

44 ފުލުހުން މަރުވި މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ފުލުހުންގެ ބަޔަކު ގޮވައިގެން ސްރީނަގަރު-ޖައްމޫ ހައިވޭގައި ދަތުރުކޮށްފައި ދިޔަ ބަހެއްގައި ގޮވާތަކެތިން ފުރާފައިވާ ބަހެއް ގޮސް ޖައްސާލައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އަލްހަމްދުﷲ..... އިންޑިޔާއިން ކަޝްމީރުގެ މުސްލިމުން މަރާވަރެއް އެއްވެސް މީޑިޔާއަކުން ނާދޭ. އަދި މިގެރީގެ އަޅުންނައް ޕާކިސްތާނައް ހަމަލާ ދީފި ކަމުގައިވަނީނަމަ އިންޑިޔާ ވިޖޫދުން ފޮހެލާނެ. އަހަރެމެން ރާއްޖެއިންވެސް އިންޑިޔާއައް ހަމަލާދޭނެ

    36
    2
  2. އިބްރާހިމް

    މަކަރުވެރި އަނިޔާވެރިޔާ. ކަލޭ މޭ ފުއްޕާފައި ބޮޑާބަސްނުބުނެ. ކަލެއަކަށް ޕާކިސްތާނުގެ ނަން ދުނިޔެއިން ފޮހެއެއް ނުލެވޭނެ. ތިކަހަލަ ކާފަރުންގެ ކިބައިން އިސްލާމީ އުއްމަތް މާތްﷲ ރަށްކާތެރިކުރަށްވާނެ. އަދި ނުބައިވެގެންވާ ހިތްދަތި މަރަކުން ކަލޭގެ މަރު ގެންދަވާނެ. އިންޝާﷲ..

    40
    1
  3. ރަޝީދު

    ހީވަނީތަ! އެއްކަމެއްވެސް ނުވާނެ.އިންޑިޔާއަށް އޮތީ ނުތަނަވަސްކަމާއި ހިތްދަތިކަން

    30
    1
  4. ޟާން

    ކަލޭމެނައް ބިރުދެއްކޭނީ ދިވެހިރާއްޖެ އައް މިކަހަލަ ފިނޑި ރައީސް އަކަށް ޕާކިސްތާނު މީހުން އެމެރިކާގެ ބަސް އެހީމަ ތިހެން ތިވީ ގެރި ކަލާންގެ އަކައް އަހަރެމެން ތަބާނުވަން ނަޝީ ގެރިހޯދާ ގެރިދެކެ ބިރުގަންނާނީ އެމްޑީޕީ މީހުން

    18
    1
  5. މުޖާހިދު

    އަހަރެމެން ކިޔައި އުޅުނު ބައެއް ފޮތްފޮތުން ދުށިން، ފަހުޒަމާނަށް އައިސް މުސްލިމުން ހިންދުސްތާނު ފަތަހަ ކުރާނެ ވާހަކަ. އެތާ ވަރުގަދަ ހަމަނުޖެހުން ހިނގާ ހަނގުރާމަ ކުރާނެ ވާހަކަ. ޢިންޝާﷲ އިންޑިއާގެ ނުބައިކަމުންނާއި ،އެމްޑީޕީގެ ނުބައި ރޭވުންތަށް ފްލޮޕްކޮށްލާ އެބައިމީހުން ބަލިކުރާނަން. އަހަރެމެން މުސްލިމުން މިތިބީ ވަރަށް ސާބިތު ކަމާއި އެކު

    15
    1
  6. ައަލީ

    އަހަރެމެން މިތިބީ ކާފިރުންނާ ހަގުރާމަކުރަން ރެޑީގަ...

  7. އަހްމަދު

    އިންޑިއާ ބަލިވާނެ