ކަޝްމީރުގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންނަށް ދިން ޖާނުންފިދާވުމުގެ ހަމަލާއަކީ ހެދުނު ގޯހެއް ކަމަށާއި، ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދެރަ މޯދީ ވިދާޅުވެއްޖެއެވެ. މޯދީ މިހެން ވިދާޅުވެފައިވަނީ އިންޑިޔާގެ ސެކިއުރިޓީ ކައުންސިލްއާއެކު ބޭއްވި ބައްދަލުވުމަށްފަހު މީޑިޔާތަކަށް ދިން ބަސްދީ ޤަތުމެއްގައެވެ.

ކަޝްމީރުގެ ޕުލްވަމާ ސަރަހަައްދުގައި މިމަހުގެ 14 ވަނަ ދުވަހު ދިން ހަމަލާއަކީ ސީދާ ޕާކިސްތާނުން ރާވައިގެން ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވަމުން މޯދީ ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ހުރިހާ ބާރެއް ސިފައިންނަށް މިހާރު ދީފައިވާ ކަމަށެވެ.

"އިންޑިޔާ ގުޑުވާލެވޭނެ ކަމަށް ކުރެވޭ ހީ އަކީ ކުން ހީއެއް. އެކަމެއް ނުކުރޭވެ." މޯދީ ވިދާޅުވިއެވެ.

މި ހަމަލާގެ ޒިންމާ ވަނީ ޕާކިސްތާނުގެ ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން އުފުލައިފައެވެ. މިހަމަލާގައި އިންޑީޔާގެ 44 ސިފައިން މަރުވެފައިވާއިރު، މިއި ޖާނުން ފިދާވެގެން ދީފައިވާ ހަމަލާއެކެވެ. މިހަމަލާގައި މަރުވެފައިވަނީ އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންނެވެ.

މިހަމަލާ ދީފައިވަނީ ގޮވާތަކެތިން ފުރާފައިވާ ކާރެއްގޮސް އިންޑީޔާގެ ސިފައިން ދުއްވަމުން ދިޔަ ބަސްތަކެއްގައި ޖައްސާލައެވެ. 78 ބަހުގައި 2,700 އަށްވުރެ ގިނަ ސިފައިން ދަތުރު ކުރަމުުން ދިޔައީ ހައިވޭއެއްގައި ސްރީނަގަރަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޯދީ

    ހަމަ އަންނި ކަހަލަ ބޯ ހަރު މުނާފިޤުކަން ބޮޑު ގަދަ ބަސް ބުނާ ގޮލައެއް މި ވެސް. ކަލޭމެން ރައްދުގަ ހަމަލާ ދިނިއްޔާ އޭގެ ޑަބަލް އަންނާނެ. އިރާގު، ސީރިޔާ، ފަލަސްތީނުގަ ކާފަރުންތައް ކިތައް ހަމަލާ މުސްލިމުންނަށް ދޭ. ޢެކަމަކު ޖާނުން ފިދާވުމުގެ ހަމަލާތައް ވަނީ ގިނަ. ކަލޭމެންނަކީ މަރަށް ބިރު ގަންނަމީހުން. އަހަރެމެންނަކީ މަރަށް އެދޭ މީހުން

    23
    3
  2. މޫސާ

    ގެރި ބޮޑުވަޒީރު

    12
    1
  3. ޢިސަލް

    މުރުތައްދު ހަރަބީ ކާފަރަކަށް އަގައިން ތެދެއް ނެހެދޭނެ، ތީ އަމިއްލަ އައް ރާވައިގެން ކުޅޭ ޔަހޫދީ ކުޅިގަދެއް

    15
    1
  4. އިބްރާހިމް

    ياالله މިއަނިޔާވެރިޔާގެ ނުބައިކަމުން މުސްލިމުން ސަލާމަތްކުރައްވާދޭވެ.

    13
    1
  5. މޯލްޑިވިޔަން

    އިރާދަ ކުރެއްވީޔާ ޕާކިސްތާނު މި ފަހަރު ދުވަސް ތި ދިޔައީ.ޕާކިސްތާނަކީ މުސްލިމުން ނަށް އޮތް 15

  6. ސިވާދު

    ތިޔަ ކަމަކީ މޯދީ ކުރިކަމެއް.... މޯދީ އަކީ މުސްލިމުންނާ ދެކޮޅައް މަސައކަތް ކުރާ ނުބައި ނުލަފާ މީހެއް..