އިއްޔެއާއި މިއަދު އިންޑިޔާގެ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ފެނިގެން ދިޔައީ އިންޑިޔާގެ އެންމެ ސްޕީޑް ބާރު ރޭލުގެ ހިދުމަތް ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީކޮށް ފައްޓަވައިދެއްވައިފި ޚަބަރެވެ. އެއާއެކު އިންޑީޔާ ކައިރި އެހެން ޤައުމުތަކާ އަޅާ ބަލާއިރު އެތައް ތަނެއް ކުރި އަރާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން މިއަދުވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އިންޑިއާގެ އެންމެ ސްޕީޑް ބާރު ރޭލުގެ ފުރަތަމަ ދަތުރުގައި ވެސް ވީ ބޮޑު ފެއިލްއަކަށެވެ.

މިއަދު ފެށި ރޭލުގެ ޚިދުމަތުގައި 180 ކިލޯމީޓަރ/އަވަރ އަށް ދުއްވާފައިވާއިރު، ރޭލުގެ ޓެސްޓް ބުރުގައި އެރޭލްގެ ބްރެކި ވަނީ ފެއިލްވެފައެވެ. އަދި އޭގެ ފަހުން ރެއިލްގެ ބައެއް ހިސާބުތަކުން ދުން އެރި ކަމަށާއި މުޅި ރޭލުން ކަރަންޓް ކަޑައިގެން ގޮސްފައިވާކަމަށް ރޭލު ދުއްވަން އިން ފަރާތުން މަޢުލޫމާތުދެވެ.

އިންޑިއާގެ ރޭލްވޭ ތަރުޖަމާނަކާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ރޭލް އަށް މައްސަލަ ދިމާވީ ގެރިއެއްގައި ރޭލު ޖެހުނު ފަހުން ކަމަށެވެ. ނަމަވެސް އިންޑިޔާގެ މަޝްހޫރު ނޫހެއް ކަމަށްވާ "އެންޑީޓީވީ" އިން ވަނީ މިކަން ދޮގުކޮށްފައެވެ. އެމީޑިޔާއިން ބުނެފައިވަނީ ރޭލުގައި މިފަދަ ކަމެއް ހިނގި ނަމަ ރޭލުގައި ބަޑިލާނެ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއް ޑެމޭޖެއް ރޭލަށް ލިބިފައިނުވާ ކަމަށެވެ.

އެރޭލުގެ ޓެސްޓް ޑްރައިވްތައް މިއަދު ކުރިޔަށް ގެންދިޔައިރު، މިއަދުގެ ބޭއްވި ޓެސްޓް ބުރުގައި ރޭލުން ދަތުރު ކުރަމުން ދިޔައީ ނޫސްވެރިންނާއި އޮފިޝަލުންނެވެ. މިމީހުން މިހާރުވަނީ އިތުރު ރޭލެއްގައި އަބުރާ އައި ސަރަހައްދަށް ފޮނުވާލާފައެވެ.

އިންޑިއާގައި އުފައްދާފައިވާ ސެމީ ހައި ސްޕީޑް ވަންޑެ ބާރަތު އެކްސްޕްރެސްގެ ދަތުރުތައް ފެށީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެ ޚިދުމަތް އިފްތިތާހުކޮށްދެއްވިތާ އެއް ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޢަލްހަމްދުﷲ

    11
    6
  2. ވަށާފާރު

    الله أكبر الله أكبر الله أكبر الله أكبر

    5
    1