މި އަހަރު ފެންނާނެކަމަށް ބެލެވޭ އެންމެ ބޮޑު ހަނދު މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފެންނާނެ ކަމަށް ކަމާއި ބެހޭ މާހިރުން ބުނެފިއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި، އެ ރޭ ފެންނާނީ މަދުން ނޫނީ ނުފެންނާނެ ވަރުގެ ބޮޑު، އަދި އަލިގަދަ ހަނދެކެވެ. މިއީ އާއްމުކޮށް ސްނޯގެ މޫސުމަށްފަހު ފެންނާނެ ކަމަށް ބެލެވޭ ހަނދެވެ.އެ ރޭ މި ހަނދު ދުނިޔެއާ 221734 މައިލްސް ގާތް ވާނެއެވެ. އަދި މި ހަނދު އެންމެ ބޮޑުކޮށް ފެންނާނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހުގެ ހެނދުނެވެ.

ނިއުޔޯކްގައި ދިރިއުޅޭ ފަރާތްތަކަށް މި ހަނދު 19 ވަނަ ދުވަހުގެ ހަވީރުން ފެށިގެން އަނެއް ދުވަހުގެ ހެނދުނު ވަންދެން ފެންނަން އިންނާނެއެވެ.

ނާސާއިން ބުނާގޮތުގައި، މިފަހަރުގެ ބޮޑު ހަނދު އާއްމުކޮށް ފެންނަ ހަނދަށްވުރެ 14 ޕަސެންޓް ބޮޑުވާނެއެވެ. އަދި 30 ޕަސެންޓަށް އަލި ގަދަވާނެއެވެ.

ސުޕަރމޫންގެ ގޮތުގައި އާދަޔާ ޚިލާފަށް ބޮޑުކޮށް ހަނދު ފެންނަނީ ދުނިޔެ ވަށައި ހަނދު ދަތުރުކުރާ އޯބިޓްގައި ދުނިޔެއާ އެންމެ ބޮޑަށް ގާތަށް ޖެހޭ ދުވަސްވަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޭނގުނު

    ޢަޑުޢަހާ ގޮތުން ވާނަމަ ކޭތަ ހިފާފަ ހުއްޓާ އިރު އަރާއިރު ދޫނުކޮށް ހުއްޓާ އިރު އަރާނަމަ އެއީ ޤިޔާމަތް ވުންކަމަށް ވާނަމަ. ޢިރުއަރާ އިރުވެސް ކޭތަ ނުދޫ ކުރާނަމަ ދެންކިހިނެކޯ މިވަނީ...................................................

    3
    5