މިހާރު ޕާކިސްތާނަށް ކުރަމުންދާ ބޯ ވިއްސާރައިގައި26 މީހަކު މަރުވެފައިވާ ކަމަށް އެޤައުމުގެ މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ.

ޕާކިސްތާނުގެ ޑިޒާސްޓަރ މެނޭޖެމެންޓް އޮތޯރިޓީތަކާ ހަވާލާދީ ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރު ޕާކިސްތާނަށް ކުރަމުންދާ ބޯ ވިއްސާރައިގައި26 މީހަކުވަނީ މަރިވެފައެވެ. އަދި ގިނައިން މަރުވެފައިވަނީ އެޤައުމާއި އަފްޤާނިސްތާނާއި ދެމެދުގައި އޮންނަ ބޯޑަރ ސަރަހައްދުގައި ދިރިއުޅޭ މީހުން ކަމަށްވެސް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. މިގޮތުން އެސަރަހައްދުން އެކަނިވެސް ވަނީ14 މީހަކު މަރުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ޕާކިސްތާނަށް މިިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެކަނިވެސް 40 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ.

ޕާކިސްތާނުގެ އިދާރާތަކުން ބުނެފައިވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު