ތެލުގެ މުއްސަދިކަން ލިބިފައިވާ މެދުއިރުމަތީގެ އެންމެ ބާރުގަދަ އެއް ގައުމު، ސައުދީ އަރަބިއްޔާއިން ރަތް ކަނޑުން ބޮޑު ގޭސް ރިޒާވްއެއް ހޯދައިފިއެވެ.

ގޭސް ހޯދުމަށް ސައުދީންން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރަތްކަނޑުން ބޮޑު ގޭސް ރިޒަރވެއް ފެނިފައިވާކަން އެ ޤައުމުން އިއުލާން ކުރީ ސައުދީގެ އެނަރޖީ މިނިސްޓަރ ހާލިދުއެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާއިން ވަނީ ކުރިއަށް އޮތް ދެ އަހަރު ގޭސް ރިޒާވްތަކުގެ ދިރާސާތަކެއް ހެދުމަށް ފަހު، އެ ރިޒާވުން ގޭސް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ބުނެފައެވެ.

ގޭސް ނެގުމުގެ މަސައްކަތް ކުރަން ސައުދީގެ މައި ތެޔޮ ކުންފުނި އަރަމްކޯ އިން ހަވާލުވާނެ ކަމަށް ރިޕޯޓްތަށް ބުނާއިރު ސައުދީ އަރަބިއާ އިން ދަނީ އެމެރިކާގައި ލިކުއިފައިޑް ނެޗުރަލް ގޭސްގެ ވިޔަފާރީގެ ތެރެ އަށް ވެސް ވަނުމަށް ތައްޔާރުވަމުންނެވެ.

އަރަމްކޯ އިން ވަނީ، ބައިނަލްއަގުވާމީ ކުންފުނިތަކާއި ގުޅިގެން ގޭސް އުފައްދާ މިންވަރު އިތުރު ކުރުމަށް 4.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައިވެސް މިދިޔަ އަހަރު ސޮއިކޮށްފައެވެ.

ސައުދީން ބޮޑު ގޭސް ރިޒާވްއެއް ހޯދާފައި މިވަނީ އެގައުމުން މިދިޔަ އަހަރު އޮކްޓޫބަރު މަހުން ފެށިގެން ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްފައި ވަނިކޮށެވެ. އެގޮތުން ސައުދީން ދަނީ ކޮންމެ ދުވަހަކު 10.7 މިލިއަން ފީފާ ތެޔޮ އުފައްދަމުންނެވެ.

ސައުދީގައި 266 ބިލިޔަންް ފީފާގެ ތެޔޮ ހުރިކަން ދިރާސާތަކުން ދައްކާއިރު 24 ޓްރިލިއަން ކިއުބިކް މީޓަރުގެ ގޭސް ހުރިކަން ވެސް ވަނީ ކަށަވަރު ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔސރ

    ހުރިހާ ޙަމްދެއް ހުރީ ﷲއަށް
    ތަޥޥްޙީދާ ސުންނަތުގެ ދައުލަތް ޢިއްޒަތް ތެރި ކުރައްވާށި

    3
    7
  2. ޖަހާންގީރު

    ތީގެން މުސްލިމުންނަކަށް އެއްވެސް ފައިދާއެއް ނުކުރާނެ ޚުދު ތި ޤައުމުގަ ޢާއްމުންނަކަށްވެސް ނުކުރާނެ މިހާރުވެސް %49 މީހުންނަކީ ލިޔަން ކިޔަން ނުދަންނަ މީހުން ހުރިހައި ފައިދާއެއް ޝާހީ ޢާއިލާއަށް ދެން ޒަޔަނިސްޓުންނަށް

    10
    2