77 އަހަރު ކުރިން ދެވަނަ ބޮޑު ހަގުރާމަގައިގެ ތެރޭގައި ޕެސިފިކް ކަނޑަށް ގެއްލުނު އެމެރިކާގެ އަސްކަރީޔާގެ މަތިންދާ ބޯޓު އުފުލާ މަނަވަރެއް ފެނިއްޖެއެވެ.

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް ވަސަޕް" ޕެސިފިކް ކަނޑުގެ 2.5 މޭލު އަޑިން ހޯދާފައިވަނީ އެމެރިކާގެ ކަނޑުގެ އަޑީގެ ދިރާސާ ކުރާ ޑީޕް ސީ އެކްޕްލޯ ޓީމަކުނެވެ.

މި މަނަވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޓޯޕީޑޯގެ ހަމަލާއެއްގައި އަޑިއަށް ދިޔަ މަނަވަރެކެވެ. މަނަވަރު އަޑިއަށް ދިޔަ ހާދިސާގައި އެމެރިކާގެ 176 ސިފައިން ވަނީ މަރުވެފައެވެ. މި ހާދިސާގައި ސަލަމާތްވީ އެންމެ މީހެކެވެ. ޖިމް ފޮސެސްޓަރ ނަމަކަށް ކިޔާ އުމުރުން 98 އަހަރުގެ އޭނާ ސަލާމަތްވީ ފެސިފިކް ކަނޑަށް ފުންމާލައިގެންނެވެ.

މަނަވަރު ފެނުނު އިރު މަނަވަރުގައި އޮތް 35 މަތިންދާ ބޯޓުގެ ތެރެއިން 11 މަތިންދާ ބޯޓެއް ވެސް ފެނިފައިވާ ކަމަށް އެމެރިކާ ކަނޑުގެ ސިފައިން ބުނެއެވެ. އެމެރިކާގެ އެ މަނަވަރު ފައްތާލީ ޖަޕާނުގެ ކަނޑުގެ ސިފައިން ދިން ހަމަލާތަކެއްގައެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު މަތިންދާ ބޯޓް އުފުލާ މަނަވަރު އޮންނަނީ އެމެރިކާގައެވެ. ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ބިނާ ކުރުމަށް 12.9 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު ޔޫއެސްއެސް ޖެރަލްޑް އާރު ފޯޑް ބިނާ ކުރުމުގައި ގާތްގަނޑަކަށް 7000 މީހުން ހަރަކާތްތެރިވެފައިވެއެވެ. އެމަނަވަރަށް ގަޑިއަކު 34 މޭލު ބާރުމިނުގައި ދަތުރު ކުރެވެ އެވެ.

މީގެ އިތުރުން އެމެރިކާގެ ކަނޑުގެ އަސްކަރީ ފްލީޓަށް ދާދި ފަހުން ވަނީ "ޔޫއެސް އެސް ޒަމްވަލް" ޑިޕްލޮއި ކޮށްފައެވެ. މި މަނަވަރީ ޒަމާނީ ޓެކްނޮލޮޖީ ހިމަނައިގެން ބަން މަނަވަރެކެވެ.