100 މީހުން ތިބި އީރާންގެ މަތިންދާބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

މި ބޯޓުގައި ރޯވީ އީރާންގެ ވެރި ރަށް ތެހްރާންގެ މެހްރަބާދް އެއާޕޯޓަށް ޖައްސަން އުޅެނިކޮށެވެ.

މި ބޯޓުގައި އަލިފާން ރޯވިއިރު، ބޯޓު ތެރޭގައި 100 މީހުން ތިބި ނަމަވެސް އޭގެ ތެރެއިން 50 މީހުން ސަލާމަތްވެފައިވާކަމަށާއި، ބޯޓު ތެރޭގައި ގާތްގަނޑަކަށް 50 މީހުން އެބަތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ބޯޓުގައި އަލިފާން ރޯވި ސަބަބު އަދި ވަނީ ދެނެނުގަނެވިފައެވެ.

ތެހްރާންގެ ނޫސްތަކާއި ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެ ބޯޓުގައި އަލިފާންރޯވުމާއެކު އެމާޖެންސީގައި 10 އެމްބިއުލާންސް ސީންގައި ވަނީ ހަރަކާތްތެރިވެފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު