ރަޝިޔާގެ އެސް ސެވަން އެއާލައިންސްގެ ފްލައިޓެއް ވެއްޓި، އެ ކުންފުނީގެ ކޯ އޯނަރު ނަޓާލިއާ ފިލޭވާ މަރުވެއްޖެއެވެ.

ރަޝިޔާގެ ދެވަނައަކަށް އެންމެ ބޮޑު އެއާލައިން، އެސް ސެވަންގެ ޗެއާމަންކަންވެސް މިހާރު ފުރުއްވަމުން ގެންދަވާ ފިލޭވާއަކީ އެއާލައިން ހިންގާ ވަން ވާލްޑް އެއާލަައިން އެލައިންސްގެ އެންމެ ބޮޑު ހިއްސާ ދާރެވެ. އަދި އޭނާއަކީ ރަޝިޔާގެ އެންމެ މުއްސަނދި އެއް އަންހެން މީހާވެސް މެއެވެ. ފިލޭވާގެ މިލްކިއްޔާތުގައި ގާތް ގަނޑަކަށް 600 މިލިއަން ޑޮލަރު އެބަހުއްޓެވެ.

ފިލޭވާ ދަތުރުކުރި ފްލައިޓް ވެއްޓިފައި ވަނީ ފްރޭންކްފާޓް ކައިރިއަށެވެ. އެ ފްލައިޓަކީ އެއް އިންޖީނު އެޅި ޖެޓެކެވެ. އަމިއްލަ ދަތުރުތަކުގައި ބޭނުން ކުރާ އެ ފްލައިޓް ވެއްޓުމާ ގުޅިގެން ޖަރުމަނުގެ އިދާރާތަކުން ބުނެފައި ވަނީ ފްލައިޓް ދަތުރުކޮށްފައި ވަނީ ފްރާންސުން ކަމަށާއި، ރަންވޭގައި ޖައްސަން އުޅެނިކޮށް، ފްލައިޓްގައި އަލިފާން ރޯވި ކަމަށެވެ.

އެސް ސެވަން އެއާލައިންސް ކުންފުނީގެ ޖުމްލަ 93 ފްލައިޓް ބޭނުން ކުރަމުން ދެއެވެ. އެ އެއާލައިންއިން 26 ގައުމެއްގެ 181 ސިޓީއަށް ދަތުރުތައް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    ދަ ކެޕްޓަން މަސްޓް ގޯ ޑައުން ވިތް ދަ ޝިޕް

  2. އައްޑެ

    މުއްސަނދި ކަމަކީ ހިނދުކޮޅެއްގެ އުފަލެއް. މި އިސްލާމީ ގައުމުގަ ތިއްބެވި ތަނަވަސް ބޭފުޅުންގެ އަތުގައި ރައްކާކުރެވިފައިވާ ހަޒާނާއިން ﷲގެ މަގުގައި ހޭދަކުރައްވާ. ބެންކޮކަށް ގައިމޮޑެލަން ދިއުމުގެ ބަދަލުގައި ކޮންމެވެސް ނިކަމެތި މިސްކީނަކަށް ޢުމްރާ ދަތުރެއް ދެއްވާ. ބޮޑު ކުލި ނެގުމުގެ ބަދަލުގައި އަނެކާއަށްވެސް ވިސްނަވާ.
    މުދަލަކީ ވަރަށް ވޭންހުރި އެއްޗެއް.

    10
    3