ޗައިނާގެ ސަރަހައްދަކަށް ބާރުގަދަ ވެލީގެ ނަގޫރޯޅިއެއް އަރައި ދެ ކުޑަކުދިން މަރުވެ އެތަށް ބަޔަކު ޒަހަމުވެއްޖެއެވެ.

މިހާދިސާ ހިނގި މަންޒަރު ފެންނަ އާދަޔާ ހިލާފު ވިޑިއޯ އެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން ދާއިރު މި ވީޑިއޯގައި މައިން ދަރިން އުކުޅު ޖަހައިގެން މި ބާރުފަދަ ރޯޅިން ސަލާމަތްވުމަށް ދުވާ މަންޒަރު ފެނެއެވެ.

https://m.youtube.com/watch?v=lHcgQ4kUosw

މި ރޯޅީގައި އިމާރަތްތަކަށް ބޮޑެތި ގެއްލުތަކެއް ލިބުނު އިރު 18 ކުޑަ ކުއްޖަކާއި ދެ މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ނަގޫ ރޯޅި އެރުމުގެ ސަބަބުން ޒަހަމުވި މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

މި ހާދިސާގައި މަރުވި ދެކުދިން މަރުވީ ރޯޅީގެ ތެރެއަށް ދަމައިގަތުމުންނެވެ.

މި ނަގޫރޯޅި އަރާފައިވާ ސަރަހައްދުގައި ހުރި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި އަލަށް މަރާމާތުކޮށް ހުޅުވި ތަންތަންވެސް ހިމެނެއެވެ. ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުމުގެ ތެރޭގައި ބައެއް ސަރަހައްދު ތަކުން ކަރަންޓުވެސް ވަނީ ކެނޑިފައެވެ.

ނަގޫރޯޅިއަކީ ބާރުގަދަ ތޫފާން ތަކުގައި އާއި ވައިބާރު ދުވަސްވަރު އުފެދޭ އެއްޗެކެވެ. މޫސުން ރަގަޅު ދުވަސްވަރު ވެސް ވައިގެ ޕްރެޝަރު ހުރި ގޮތަކުން ނަގޫރޯޅިއެއް އުފެދުމަކީ ދުރުކަމެއް ނޫނެވެ.

ދުނިޔޭގެ އެކި ސަހައްދުތަކުގައި ނަގޫ ރޯޅއެރުމުގެ ހާދިސާ ތަކުގައި ކޮންމެ އަހަރަކުވެސް އެތަށް ބަޔަކު މަރުވެއެވެ. ހާއްސަކޮށް އެމެރިކާއަކީ އެންމެ ގިނައިން ނަގޫ ރޯޅި އަރާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ﷲގެ ކޯފާ ?

    3
    1