މަރުގެ ހުކުމް ނުވަތަ މަރަށް މަރު ހިފުމަކީ ހުޅަނގުގެ ބައެއް ގައުމުތަކާއި އަދި ބައެއް ޖަމިޔާތަކުން އެއާއި ދެކޮޅަށް ފާޅުގައި ވަކާލާތު ކުރާ ކަމެކެވެ. ނަމަވެސް ދާދި ފަހުން ހެދި ދިރާސާ އަކުން ދައްކާގޮތުން މަރަށް މަރު ހިފުމާއި ދެކޮޅަށް އަޑު އުފުލާ އެެއްގައުމު ކަމަށްވާ އެމެރިކާއިން އަހަރަކަށް ވުރެން އަހަރެއް މަރަށް މަރު ހިފާ ނިސްބަތް ދަނީ އިތުރުވަމުންނެވެ.

އެމެރިކާގެ ބައެއް ސްޓޭޓު ތަކުގައި މަރަށް މަރު ހިފުމަކީ ކުރާ ކަމަކަށް ނުވި ނަމަވެސް ބައެއް އެހެން ސްޓޭޓުތަކުގައި މި ކަން ކުރެއެވެ. އެގޮތުން އެމެރިކާގެ 30 ސްޓޭޓުގައި މިހާރުވެސް މަރުގެ ހުކުމް އިއްވައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އެޑްވައިޒާ އޮން ޑެތް ޕެނެލްޓީ ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން އެމެރިކާގައި މަރުގެ ހުކުމް އިއްވާ ނިސްބަތް އިތުރުވިޔަސް މުޅި ޖުމުލަ ކޮށް މި އަދަދު މިހާރު ދަނީ މަދު ކުރެވެމުން ކަމަށެވެ.

2009 އަހަރު އެމެރިކާގައި 52 މީހަކަށް މަރުގެ ހުކުމް އިއްވި އިރު 2016 ވަނަ އަހަރު 20 މީހަކަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. މި އަދަދު މިހާރު ދަނީ 2016 ވަނަ އަހަރަށް ފަހު އުފުލެމުންނެވެ. އެގޮތުން މިދިޔަ އަހަރު އެމެރިކާގެ 25 މީހަކަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ.

އެމެރިކާގައު ލީތަލް އިޖެކްޝަން ބޭނުން ކޮށްގެން ވެސް މަރުގެ ހުކުމް ތަންފީޒު ކުރެއެވެ. ނަމަވެސް ރާއްޖޭގައި ލީތަލް އިންޖެކްޝަންސް ބޭނުންކޮށްގެން މަރުގެ ހުކުމް ތަންފީޒް ކުރަން މަސައްކަތް ފަށާފައިވާތީ 2014 އެކަން ހުއްޓާލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައި

    މުސްލިމުން މަރުގެ ހުކުމެއް އިއްވައިފިއްޔާ ހިއުމަން ރައިޓްސް އޭ އޭއްޗެކޭ މީއްޗެކޭ ކިޔައިން އުޅޭނެ މިމީހުން، އެކަމް މިއީ އެންމެ މިކަންތަކުގަ ހައްދު ފަހަނައަޅާ ގޮއްސަ ތިބި މީހުން.

    12
    2
    • .....

      އިސްލާމީ ޝަރީއަތް ގެނެސްފާނެތީ ބިރުން އެއީ...
      އިސްލަމީ ޝަރީއަތް ގެނެވިއްޖެ ނަަމަ މީސްތަކުންނަށް އޭގެ މަންފާ ފެނި އެމެރިކާ ކަހަލަ ގައުމު ތަކުގެ ހަގީގަތް ބޭޒާރުވެ އެމީހުންގެ އަގުވެއްޓި މީސްތަކުން އެމީހުންނަށް ނަފުރަތުކޮށް ބާކީ ކޮށްލާ އިންސާފުގެ ކުރިމައްޗަށް ގެނެސްފާނެތީ ބިރުން އެއުޅެނީ

      15