މިއަދު ލަންކާގެ އެކި ހިސާބުތަކުގައި ދެމުން ގެންދާ ބޮމުގެ ނިރުބުވެރި ހަމަލާތަކާއި ގުޅިގެން ދޮގު މަޢުލޫމާތު މީސްމީޑިޔާ މެދުވެރިކޮށް ފަތުރަމުން ގެންދާތީ، ލަންކާގައި މީސްމީޑިޔާގެ ވިއުގަތައް ބޭނުން ނުކުރެވޭ ގޮތް، އެޤައުމުގެ ސަރުކާރުން ހަދައިފިއެވެ.

މީގެ ކުރިންވެސް ލަންކާގައި ވަނީ ހަމަނުޖެހުންތަކާއި ގުޅިގެން މީސްމީޑިޔާ ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ.

ލަންކާގައި މީސްމީޑިޔާ ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާއިރު، ލަންކާގައި ވަނީ ކާފިއުވެސް އިޢުލާންކޮށްފައެވެ. ކުރިން މިއަދު ހަވީރު 6 ޖަހާއިރު ހިންގަން ފަށާގޮތަށް އޮތް ކާފިއު، ދާދިދެންމެއަކު ހިންގަންވަނީ ފަށާފައެވެ.

ލަންކާގެ އެކި ސަރަހައްދުތަކުގައި ބޮން ގޮއްވަމުން އަންނައިރު، މިހާރު މިހަމަލާތަކުގައި 185 މީހުންވަނީ މަރުވެފައެވެ. ބޮން ގޮއްވަމުން އަންނަ ސަރަހައްދުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސަރަހައްދުތައްވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަސީދު

    ދިވެހިން ސަލާމަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް