ސްރީ ލަންކާގެ ފައްޅިތަކާއި މަޝްހޫރު ހޮޓާތަކުގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ ޖަނާޒާ މަޑު ޖައްސާލަން އެޤައުމުގެ ފުލުހުން އަންގައިފިއެވެ.

ސެއިންޓް އެންތަނީސް ޗާޗްގައި މިހާރު ކުރިޔަށް ދިޔަ ޖަނާޒާ ހުއްޓާލުމަށް ލަންކާގެ ފުލުހުން އަންގާފައިވާކަމަށް، އެޗާޗްގެ އިސް ފާދިރީއަކާ ހަވާލާދީ "ސީއެންއެން" އިން ބުނެފައިވެއެވެ.

ޖަނާޒާ ހުއްޓާލުމަށް ފުލުހުން އަންގާފައިވަނީ 16 މީހެއްގެ ޖަނާޒާ ކުރިޔަށް ދިޔަފަހުންނެވެ.

ރަސްމީކޮށް ޖަނާޒާ ހުއްޓާލުމަށް ފުލުހުން ބުނެފައިވަނި ސަބަބެއް އެނގިފައިނުވާއިރު، ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ، ޖަނާޒާތައް މަޑުޖައްސާލަން އަންގާފައިވަނީ، އެއް ސަރަހައްދަކަށް ގިނަ ބަޔަކު އެއްވެ އުޅުމަކީ ރައްކާތެރި ކަމަށް ނުވުމާއި ގުޅިގެންނެވެ.

ސެއިންޓް އެންތަނީސް ޗާޗާއި ކަޓުވަޕިޓިޔާ ޗާޗާއި ޝަންގްރިއްލާ އާއި ސިނަމަން ގްރޭންޑް ހޮޓަލުގައި ހަމަލާ ދީފައިވަނީ އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވާލައިގެން ހަމަލާދީފައިވާއިރު، މިހަމަލާތަކުގައި މިހާތަނަށް 321 މީހުންވަނީ މަރުވެފައެވެ. އަދި އެތައް ސަތޭކަ ބަޔަކުވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު