ބައެއް ފައްޅިތަކާއި ޓޫރިސްޓް ހޮޓާތަކަށް، އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އަދިވެސް މަޝްރަޙް އެއްކޮށް ހައްލު ނުވާ ކަމަށާއި ގޮވާ ތަކެއްޗާއެކު އަދިވެސް އިތުރު ބަޔަކު އުޅެމުން އަންނަ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑު ވަޒީރު ވިދާޅުވީ، ގޮވާ ތަކެއްޗާއެކު އިތުރު ބަޔަކު އަދިވެސް އުޅެމުންދާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ތަކެއްޗާއެކު ލަންކާގައި އުޅެމުންދަނީ ކިހާ އަދަދެއްގެ ބައެއްކަން ދަންނަވަން ނޭނގޭ ކަމަށް ރަނިލް ވިދާޅުވިއެވެ.

މިހަމަލާގައި މިހާތަނަށް 30 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނި ނަމަވެސް، ހައްޔަރުކޮށްފައިވާ ކިހާ އަދަދެއްގެ މީހުން ސީދާ ކަމެއް ނޭނގޭ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.

މީގެއިތުރުން މި ހަމަލާދިން އެންމެން އަދިވެސް މުޅިން ދެނެގަނެވިފައިނުވާ ކަމަށާއި ނަމަވެސް ތަހުގީގު ކުރާ ފަރާތްތަކަށް އެކަމުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

މިހަމަލާގެ ޒިންމާ މިހާރުވަނީ އައިސިސް އިން އުފުލާފައެވެ. ނަމަވެސް ރަނިލް ބުނެފައިވަނީ، މިކަން ކުރި ބަޔަކު މިހާރު ހޯދަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަންބޮޑުވާމީހާ

    ހާދަހާ ވަރެއްހުރި ބަޔެކޭދޯ ތިކަމުގަ ތިއުޅެނީ. ގޮވާތަކެތި އެއްކޮށް ގުދަންކޮށް ބަހައްޓާފަ ހުރީބާ؟ އަދިވެސް ތިކަމުގައި އުޅޭ ބަޔަކު މައިތިރިނުވެ ތިޔައުޅޭ ކަމަށްވަނީ. ނޫނީ ސަލާމަތީ ބާރުތައް ހަމަ އިންއެފިޝަންޓީބާ؟ ލަންކާގެ ރައްޔިތުންނަށާ އެތާ ތިބި ބިދޭސީންނަށް ރައްކާތެރިކަން އިހުސާސްވާނެ މަގެއް އެބަފެންނަންޖެހޭ.

    10