އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ރަޝިޔާއާއި ޓްރަމްޕް ކެމްޕޭނާއި ދެމެދުގައި އޮތްކަމަށް ތުހުމަތުކުރެވިފައިވާ ގުޅުންތަކާއި ބެހޭގޮތުން ކުރެވޭ ތަހުގީގަށް ކަނޑައަޅާފައިވާ އެންމެ އިސް ޤާނޫނީ ވަކީލު ޖޯން ޑައުޑް މަގާމުން އިސްތިއުފާ ދީފިއެވެ.

އުމުރުން 77 އަހަރުގެ ޖޯން ޑައުޑް ވަނީ ޑޮނަލްޑް ޓްރަމްޕްއަށް އޭނާ އަރުވަމުންދާ ލަފާތަކަށް އެއްވެސްކަހަލަ އިޖާބައެއް ޓްރަމްޕް ނުދޭކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދީފައިކަމަށް އެމެރިކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެހެން ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޖޯން ޑައުޑް މަގާމުން އިސްތިއުފާ ދިނީކީއެއް ނޫނެވެ. އެހެންނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޯން ޑައުޑް ވަޒީފާއިން ވަކިކުރީ ރަޝިޔާގެ ތަހުގީގުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ސްޕެޝަލް ކައުންސިލް ރޮބާޓް މަލާރ ބެލެހެއްޓުމުގައި ޖޯން ނާކާމިޔާބުވެ ޓްރަމްޕް ޖޯންއަށް ކުރަމުންދިޔަ އިތުބާރު ގެއްލުމުންނެވެ. ޖޯން ޑައުޑް މީޑިޔާތަކަށް ފޮނުވި އީމެއިލްއެއްގައި ވަނީ އޭނާ ރައީސް ޓްރަމްޕް ދެކެ ވަރަށް ލޯބިވާކަމަށާއި އަދި އަބަދުވެސް ހެޔޮ ގޮތް ރައީސް ޓްރަމްޕްއަށް ވުމަށް އެދޭނޭކަމަށް ބުނެފައެވެ.

ޓްރަމްޕްއާއި ޖޯން ޑައުޑްއާއި ދެމެދުގައި ޖެހިފައިވާ މައްސަލަކަމުގައި ބެލެވިފައިވަނީ ރަޝިޔާ ތަހުގީގުގައި ޓްރަމްޕް ސްޕެޝަލް ކައުންސިލް ރޮބާޓް މަލާރއަށް ބަހުގެ ހަމަލާތައް ދެއްވަން ފެށި ހިސާބުންނެވެ.

ޒާތީވާފަދަ ގޮތަކަށް އެމެރިކާގެ ރައީސްގެ ބަސްތައް ހުރިއިރު ޖޯން ޑައުޑް އަދި އޭނާގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ އަބަދުވެސް ސްޕެޝަލް ކައުންސިލްގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޓްރަމްޕްއަށް ލަފާއަރުވައިފައެވެ. އެންމެ ފަހުގެ ނޫސް ރިޕޯޓްތައް ބުނާގޮތުންނަމަ ޑޮނަލްޑް ޓްރަމްޕް ވަނީ ސްޕެޝަލް ކައުންސިލް ރޮބާޓް މަލާރވެސް މަގާމުން ދުރުކުރުމަށް ވިސްނަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު