އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް ދަތުރު ކުރި މޮޓޯ ކޭޑް އެކްސިޑެންޓް ވެއްޖެ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ސަރާހް ސޭންޑާސް ބުނެފައިވަނީ މޮޓޯ ކޭޑްގެ އެކްސިޑެޓްގައި 3 ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި މި ތިން ފުލުހުންނަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.
އެމެރިކާގެ ސީކްރެޓް ސާވިސްގެ ތަރުޖަމާން މެންސަން ބްރަޔަން ބުނެފައިވަނީ އެކްސިޑެންޓް ހިނގާފައިވަނީ އެމެރިކާގެ ލައުސެނިޔާގެ ޗެނަލްޓް އިންޓަރނޭޝަނަލް އެއަރޕޯޓުން ކެމަރޮން އެކްސްޕޯޓް ޓާމިނަލްއަށް ދިޔަ މަގުމަތީގައި ކަމަށެވެ. މި އެކްސިޑެންޓްގައި ޓްރަންޕްގެ ކާރަށް އެއްވެސް ގެއްލުމެއް ލިބިފައިއެއް ނުވެއެވެ. ޓްރަންޕް ވަނީ މިހާދިސާއަށް ފަހު ކެމަރޮން އެކްސްޕޯޓް ޓާމިނަލްގެ ބައެއް ހުޅުވާދީ، އެތަނުގައި ވާހަކަ ދައްކާފައެވެ.
އެކްސިޑެންޓް ވުމާއެކުވެސް މޮޓޯ ކޭޑް ނުހުއްޓި ކުރިޔަށް ދިޔަ ކަމަށާއި މޮޓޯ ކޭޑުން ބައެއް ވެހިކަލްތައް އެކްސިޑެންޓްވި ވެހިކަލަށް އެހީތެރިވުމަށް މަޑު ކުރި ކަމަށްވެސް އެމެރިކާގެ ސީކްރެޓް ސާވިސްއިން މަޢުލޫމާތު ދެއެވެ.
މޮޓޯ ކޭޑް އެކްސިޑެންޓްވި ހާދިސާގައި ތިން ފުލުހަކަށް އަނިޔާވި ނަމަވެސް މާ ސީރިޔަސް އަނިޔާތަކެއް ނުލިބޭ ކަމަށާއި ހުރިހާ ފުލުހުންގެ ހާލުވެސް ރަނގަޅު ކަމަށް ވައިޓް ހައުސްއިން މަޢުލޫމާތު ދެއެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ ކީތްވެގެން ކަމެއް އަދި ހާމައެއް ނުކުރެއެވެ.
އަލްޙަމްދު ލިﷲ
އޭ ﷲ މިޓްރަމްޕައް ހެޔޮވިސްނުން ދެއްވައި އިސްލާމްދީން ގަބޫލުކޮއް މިޓްރަމްޕުގެ ހިތް އިސްލާމް ދީނާއިމެދު ސާފް ކުރައްވާދޭވެ.
އަލްޙަމްދު ލިﷲ ?
ޑްރައިވަރުން ނިދިޖެހޭ ދުވަސްކޮޅު މިޒާތުގެ ކަމެއް ހިނގައިފާނެ.