އިގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއާޕޯޓުން ފުރައިގެން އަބޫދާބީއަށް ދަތުރު ކުރި ބްރިޓިޝް އެއާވޭސްގެ މަތިންދާ ބޯޓެއް ޑްރޯންއެއްގައި ނުޖެހި ކިރިޔާ ސަލާމަތްވެއްޖެއެވެ.

ރަންވޭއިން ނައްޓާލިތާ ކުޑައިރުކޮޅެއްފަހުން ޕައިލެޓްއަށް ވަނީ ޑްރޯންއެއް ބޯޓާއި 20 ފޫޓް ކައިރިންއެޅުންކައިރިން ފެނިފައެވެ. އޭރު ބޯޓް ދަތުރު ކުރަމުން ދިޔައީ 6000 ފޫޓް މަތިން ކަމަށް ވެއެވެ.

ފްލައިޓްގެ ޕައިލެޓުން ވަނީ ކާބިޔާބު ކަމާއި އެކު ބޯޓް ޑްރޯއާއި ދުރަށް ގެންގޮސްފައެވެ. މި ހާދިސާގައި ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައެެއް ނުވެއެވެ.އަދި ހާދިސާ ހިންގި އިރު ބޯޓުގައި ތިބީ ކިތަށް ފަސިންޖަރުނެއް ކަމެއް ސާފެއް ނުވެއެވެ.

އިގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ މިއީ ކެޓެގޮރީ އޭގެ އިންސިޑެންޑެއްކަމަށް ބުނެ މި ހާދިސާ ސީރިއަސް ހާދިސާއެއްގެ ގޮތުގައި ތަހުގީގު ކުރަމުނެވެ.

މީގެ އޮތުރުން ގަވާއިދާއި ހިލާފަށް ޑްރޯން އެއާޕޯޓު ހުންނަ ސަރަހައްދަށް އެރުވި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އިގިރޭސި ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާ ހިންގާފައިވާއިރު މިދިޔަ އަހަރު އިނގިރޭސިވިލާތުގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓުކަމުގައިވާ ގެޓްވިކް އެއާޕޯޓު ސަރަހައްދުގައި ޑްރޯންތަކެއް އުދުއްސުމުގެ ސަބަބުން، މުޅި އެއާޕޯޓް ބަންދުކުރަން ޖެހުނެވެ.

ސަލަމާތީ ސަބަބުތަކަށްޓަކައި، ގެޓްވިކް އެއާޕޯޓު ރަންވޭ ބަންދުކުރުމުން، 120،000 އަށް ވުރެ ގިނަ މީހުންނަށް ނުފުރި ތާށިވި އެވެ.

ކިޔުންތެރިންގެ ހިޔާލު