މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އަމަލު ކުރަން ފެށި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސް ދުވަހަށް ދައްމާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެ ގައުމުގެ ރައީސް ސިރިސޭނާގެ އަށް ލިބިފައިވާ ބާރުގެ ދަށުން އަމަލު ކުރަން ފެށި ކުއްލި ނުރައްކާ ހާލަތު އިތުރު މަސް ދުވަހަށް ދައްމާލަން ނިންމީ އެ ގައުމުގެ ހާލަތަށް ބަލާފައެވެ.

ލަންކާއަށް ދިން އެ ހަމަލާތަކުގައި 250 މީހަކުވަނީ މަރުވެފައެވެ. އަދި 500 އަށްވުރެގިނަ މީހުން ޒަހަމްވިއެވެ.

ބޮމުގެ އެ ހަމަލާތަކަށް ފަހު ލަންކާ އަދި ވެސް އާއްމު ހާލަތަކަށް ނާދެއެވެ. މިހާރު ވެސް ބައެއް ތަންތަން ފާސްކުރުމުގެ އޮޕަރޭޝަންތައް ސަލާމަތީ ބާރުތަކުން ދަނީ ހިންގަމުންނެވެ.

ލަންކާގެ ނުވަ ތަނަކަށް ބޮމުގެ ހަމަލާތައް ދީފައި ވެއެވެ. އެ ހަމަލާތަކާއި ގުޅިގެން ގިނަ ބަޔަކު ހައްޔަރުވެސްކޮށްފައި ވެއެވެ. އަދި އެ ހާދިސާއަށްފަހު ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންތަކާއި ތަހުޤީޤުތައް އަދިވެސް ދަނީ ކުރިޔަށެވެ.

ކިޔުންތެރިންގެ ހިޔާލު