އާދަޔާއި ޚިލާފަށް ހޫނުގަދަވެ އިސްރާއިލްގެ ފަރުބަދަމަތީ ސަރަޙައްދެއްގައި އިއްޔެ އަލިފާން ރޯވެފައިވާ އިރު، މިއަދުވެސް ހޫނުމިން ތިރި ނުވާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

އިސްރާއީލްގެ ބައެއް ހިސާބުތަކަށް ހޫނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ އިރު، އިއްޔެ ރޮއިވި އަލިފާންގަނޑުވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހޫނާއެކު އަލިފާން ރޯވަމުން ދިޔުމުގެ ސަބަބުން މިއަދުގެ ވަގުތެއްގައި އިސްރާއީލްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނެ ކަމަށް ބުނެފައެވެ. އިއްޔެވެސް އިސްރާއީލްގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިއްޖެ ހާލަތަކަށް ރައްޔިތުން ތައްޔާރުވުމަށް ގޮވާލާފައެވެ.

އިއްރާއީލްގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެގައުމުގެ އަސްކަރިއްޔާއާއި އަލިފާން ނިއްވާ ފަރާތްތަކުން މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ. އަދި ބައެއް ގައުމުތަކުގެ ފަރާތުންވެސް އިސްރާއީލަށް ދަނީ އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި، ޖެރުސަލަމް އަދި ތެލް އަވީވްގެ ބައެއް ހިސާބުތަކަށް މިއަދު ހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދިޔުން އެކަށީގެން ވެއެވެ. އަދި ޑެޑްސީއާއި ޖޯޑަން ވެލީއާ ދިމާލުގެ ހޫނުމިން 48 ޑިގްރީ ސެލްސިއަސްއަށް ދާނެ ކަމަށް ބެލެވެއެވެ. އެއީ ބިސްގަނޑުވެސް ފިހެލެވޭ ވަރެވެ.

އިސްރާއިލްގެ އެކި ސަރަޙައްދުތަކުގައި އަލިފާން ރޯވެ ކޮންޓްރޯލެއް ނެތި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ރޯވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި، އެޤައުމުން ފަލަސްތީނުގެ މުސްލިމުންގެ އަތުން ފޭރިގަނެ ޔަހޫދީންގެ ބޯހިޔާވަހިކަން ޤާއިމްކޮށްފައިވާ ސަރަޙައްދުތައް ހިމެނެއެވެ. މިއިން ބައެއް ސަރަޙައްދުތަކަށް އަލިފާނުގެ ސަބަބުން ވަނީ އަނދައި އަޅިޔަށްވެ ބިމާއި ހަމަވެފައެވެ.

މި ނުރައްކާތެރި ހާލަތު އިސްރާއިލްގެ ޔަހޫދީންނަށް ކުއްލި ގޮތަކަށް ކުރިމަތިވެ ގެދޮރު ދޫކޮށް ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ސަރަޙައްދުތަކަށް ދާން މަޖުބޫރުވެފައި މިވަނީ، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން، ރޯދަމަހާއި ދިމާކޮށް ޣައްޒާގެ ނިކަމެތި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތައްދީ މުސްލިމުންގެ ގެތައް ގޮއްވާލައި ސުންނާފަތިކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އެ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް ފަލަސްތީނުގެ 25 މުސްލިމަކު ޝަހީދުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އެހެމް

    މާތް ރަސްކަލާނގެ އަޒާބަށް ބިރުވެތިނުވެ ފަލަސްތީނުގެ މުސްލިމުންނައް ކުރި އަނިޔާ މަތިން ހަނދާންކޮބަލަ.. އަދި ރޯދަމަހު......... މިހާރު ޔަހޫދީންގެ ބަޑިންނާ މިސައިލުންނާ އަދި ނިއުކްލިއާ ވޯހެޑު ތަކުން ސަލާމަތް ވެވޭނެ ؟؟؟
    ވިސްނާ ފިކުރު ކުރާ ބަޔަކަށް ފިލާވަޅެއްވޭ..

    75
    1
  2. މުސްލިމް

    މާތް ރަސްކަލާނގެ އަޒާބަށް ބިރުވެތިނުވެ ފަލަސްތީނުގެ މުސްލިމުންނައް ކުރި އަނިޔާ މަތިން ހަނދާންކޮބަލަ.. އަދި ރޯދަމަހު......... މިހާރު ޔަހޫދީންގެ ބަޑިންނާ މިސައިލުންނާ އަދި ނިއުކްލިއާ ވޯހެޑު ތަކުން ސަލާމަތް ވެވޭނެ ؟؟؟
    ވިސްނާ ފިކުރު ކުރާ ބަޔަކަށް ފިލާވަޅެއްވޭ..

    38
    1
  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އަލްހަމްދުﷲ

    45
    1
  4. ޯޮޖޖ

    ނުބައިޖައްބާރުތަކަށްހީވޭތަ ކަމެއްހެން.

    45
    1
  5. ކކކކ

    ﷲގެ ކުޅަދުނެވަންތަކަން.

    48
    1
  6. ޔ

    alhamdulillah

    39
    1
  7. Anonymous

    އަލްހަމްދުﷲ
    އައި ލަވް ﷲ❤❤

    48
    1
  8. ބަޖިޔާ

    ހާދައުފަލެކޭ މިވަނީ

    45
  9. މުމްތާޒްބޭ

    الحمدلله الحمدلله الحمدلله الله اكبر.

    42
    1
  10. ޒަހީން

    ހާދަ ހިތަށް އަސަރު ކުރިއޭ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ދިން އަނިޔާ ފެނުނީމަ. ޔާ ﷲ .. އިބަރަސްކަލާނގެ ކުޅަދުންވަންތަ ކަމުން އެ އަލިފާންގަޑު ނުނިވި އިސްރާއީލް ފަނާ ކުރައްވާފާންދޭ! އާމީން

    49
    • މީޒްލީ

      އާމީން

      24
    • ޙަުބދޖ

      އާމީން

      10
    • ނާޡިމް

      އާމީން

  11. ޙޔގ

    އަލްހަމްދުﷲ

    29
    1
  12. ?

    ﴿2﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

    19
  13. ހަމްޓި

    އަހަންނަކަށް ނޭނގޭ މިވާ އުފަލެއް ބުނާކަށްވެސް

    11
  14. Anonymous

    ﷲގެކުޅަދުންވަންތަކަންޤަބޫލުނުކުރާ ކާފަރުންނައް ޢިބުރަތެއްކަމުގަ އެޔަހޫދީރައް ލައްވާ ފާނދޭއާމީން

    9
    1
  15. މަރިޔަމް

    ﷲއައް ހަމްދާއިޝުކުރުކުރަން ﷲއީއެންގަދަފަދަފަރާތް ތުއްތުކުދިންގެރުއިމުގެއަޑުއެންމެކައިރިންއަހަމުންގެންދަނީއެކަލާނގެއެވެ.އި

    9
    1
  16. ރައްޔިތުން

    ޢިސްރާއީލު ގެ މުޅިބާރު ނެތިވެ އެ ކާފަރުން ހަލާކު ކޮށްލައްވާން ފާންދޭވެއެވެ. يا الله ފަލަސްޠީނުގެ މުސްލިމުންނަށް ނަސްރު ދެއްވާންދޭވެއެވެ. ޢާމީ

  17. މިގައުމު

    މިގައުމު އަދާ ހުލިވާސިއެ އާމީން