އިންޑިއާގެ ހުޅަނގުގައި އޮންނަ ޖަރީރާ ރައްތަކެއްގެ މައްޗަށް އެކުލެވިފައިވާ އެންޑަމަން އައިލޭންޑްސް ކައިރިން ކަނޑުގެ ސަރަޙައްދަކަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ އެންޑަމަން އައިލޭންޑްސްގެ ރަށްތައް ހިމެނޭ ސަރަޙައްދާއި ދުރުނޫން ހިސާބަކަށް ރެކްޓަރ މިންގަނޑުން 5.0 ގޭ ބާރުމިނުގައެވެ. ބިންހެލުންތައް މޮނިޓާ ކުރާ އިދާރާތަކުން ބުނެފައިވާގޮތުގައި މި ބިންހެލުން އައީ އެ ސަރަޙައްދުގެ ބިމުގެ 40 ކިލޯމީޓަރު އަޑިންނެވެ.

ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އެންޑަމަން އައިލޭންޑްސް އަށް މި ބިންހެލުމުގެ އަސަރު ކުރި ކަމެއް ނުވަތަ ބިންހެލުމާއި ގުޅިގެން ގެއްލުމެއް ލިބުނު ކަމެއް އަދި ނޫސްތަކުގައި ރިޕޯޓްކޮށްފައި ނުވާއިރު، ބިންހެލުމަށް ފަހު މިހާތަނަށް ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ރާއްޖެ ގަޑިން މިރޭ ދަންވަރު 2:30 ހާއިރު އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައެއް ނުވެއެވެ.

މި ބިންހެލުން އައިތާ ގަޑިއެއްހާއިރު ނުވަނީސް މިރޭ 3:20 ހާއިރު ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ޤައުމެއް ކަމަށްވާ ވަނުއަޓޫއަށްވެސް ބިންހެލުމެއް އައިސްފައި ވެއެވެ. އެ ބިންހެލުން ވެސް އައީ ރެކްޓަރ މިންގަނޑުން 5.0 ގޭ ބާރުމިނުގައެވެ.

ކިޔުންތެރިންގެ ހިޔާލު