އިސްރާއީލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރަން ކުރަމުން ގެންދާ މަސައްކަތައް މާބޮޑު ކުރިއެރުމެއް ނުލިބި އަނެއްކާވެސް އިތުރު ސަަރަހައްދެއްގައި ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރިއްޖެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލާއި ޖޯޑަން ގުޅޭ ސަރަހައްދީ ރޮނގު ކައިރިން އިސްރާއީލްގެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.

އިސްރާއީލްގެ އުތުރުގައި އޮންނަ ރަމަތު އަވަށުގައި ރޯވި އަލިފާން ޖޯޑަންގެ ބޯޑަރު ކައިރިއަށާއި އެހެނިހެން އަވަށްތަކަށް ވެސް ވަނީ ފެތުރިފައެވެ. އެސަރަހައްދުން ދެން އެންމެ ބޮޑަށް އަލިފާން ރޯވެފައި ވަނީ އިސްރާއީލްގެ ބެއިތު ޝީއާން އަވަށުގައެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އިސްރާއީލްގެ އޮފިޝަލުން ބުނާ ގޮތުގައި ދެ ދުވަސް ކުރިން ރޯވާން ފެށި އަލިފާންގަނޑުތަކުގެ ތެރެއިން ގިނަ ތަންތަނުގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް ހޫނުމިން އަދިވެސް މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭތީ އިތުރަށް އަލިފާން ރޯވުން އެކަށީގެންވެއެވެ.

އިއްޔެ އަކީ ފާއިތުވި އަހަރު ދުވަސް ތެރޭގައި އިސްރާއީލަށް އެންމެ ހޫނު ގަދަވި ދުވަހެވެ. އިއްޔެ އިސްރާއީލްގެ ބައެއް ސަރަހައްދުތަކުގެ ހޫނު މިން 47 ޑިގްރީ ސެލްސިއަސް އަށް އެރިއެވެ.

އިސްރާއީލްގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން މިހާތަނަށް 4000 އާއި ގާތް ކުރާ އަދަދެއްގެ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައެވެ. އަލިފާނުގެ ސަބަބުން މިހާރު 50 އަށް ވުރެ ގިނަ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

އިސްރާއީލްގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގައި ގްރީސް، ކްރޯއޭޝިއާ، އިޓަލީ، މިސްރު އަދި ސައިޕްރަސް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި ބައެއް ސަރަހައްދުތަކުގައި އަލިފާން ރޯކޮށްފައި ވަނީ ފަލަސްތީން ރައްޔިތުން ގަސްދުގައެވެ. ފަލަސްތީން މީހުން ރޯކުރި އަލިފާން ހޫނު ގަދަވެ، ވައި ގަދަވުމުގެ ސަބަބުން އިސްރާއީލްގެ އެކި ސަރަހައްދުތަކުގައި އިތުރަށް ފެތުރިގެން ދިޔައީ ކަމަށް އިސްރާއީލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސެންޓޭ

    الحمدلله

    28
    1
  2. ފާރޫގު.މެއި 24.2018.1:15

    ޢަލިފާންގަޑުނިއްވާނެކަމެއްނެއްއަދިވެސްބޮޑައްރޯވޭތޯދުވާކުރޭ

    35
    1
  3. އަހަންމަދޭ

    ތިޔަބައިމީހުން މައިތިރި ކުރައްވާތަން އަޅަމެންނަށް ދައްކަވާފާނދޭވެ.

    23