އެމެރިކާގެ ދެކުނުގެ ސަރަހައްދުތަކަށްވެސް އާދަޔާ ހިލާފަށް ހޫނު ގަދަވާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން އަންގައިފިއެވެ.

ވަރަށް ގިނަ ބަޔަކަށް ގެއްލުންތައް ލިބިދާނެ ފަދަ ވަރުގަދަ ހީޓް ވޭވެއް އެ ސަރަހައްދުގައި އުފެދިފައިވާކަމަށް އިދާރާތަކުން ބުނެފައި ވަނީ އެ ހީޓް ވޭވްއަށް ދީފައިވާ ނަމަކީ "ޑެތު ރިޖް"އެވެ. މި ހަފްތާ ތެރޭގައި ބައެއް ދުވަސް ދުވަހު، އެމެރިކާގެ ދެކުނު ކެރޮލައިނާ ސަރަހައްދާއި އިތުރު ބައެއް ސަރަހައްދުތަކުގައި 100 ފެރެންހެއިޓަށް ހޫނުމިން މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.

އެއީ ގާތްގަނޑަކަށް 37.7 ޑިގްރީ ސެލްޝިއަސްއަށްވާ އިރު، އެ ހޫނަކީ އާންމުކޮށް މީހުންނަށް އުޅެން އުނދަގޫވާނެ ހޫނެކެވެ. އަދި ހީޓް ވޭވްގެ ސަބަބުން އިތުރަށް ހޫނު ގަދަވާނެ ކަމަށްވެސް ބެލެވިފައިވެއެވެ.

އެމެރިކާގެ މެދުތެރޭ ހިސާބުތަކަށް ތޫފާނުގެ އަސަރުކޮށް، ފެންބޮޑުވެފައިވާ އިރު، ދެކުނަށް ކުރާ ހޫނަކީ 1990 ވަނަ އަހަރަށްފަހު އެ ރޭންޖަށް ހޫނުވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެފަދަ ހޫނަށް ތައްޔާރުވުމަށް މަގުތަކަށް ފެން ޖަހާ، މަގުތަކުގައި ފެންވެރޭނެ އިންތިޒާމުވެސް އެމެރިކާ ސަރުކާރުން ހަމަޖައްސައެވެ.

އެމެރިކާއަށް އާދަޔާ ހިލާފަށް ހޫނު ގަދަވާއިރު، މިދިޔަ ހަފްތާ ތެރޭ އިސްރާއީލަށްވެސް ވަނީ އާދަޔާ ހިލާފަށް ހޫނުވެފައެވެ. އަދި އެގައުމުގެ ބައެއް ސަރަހައްދުތަކުގައި އަލިފާންވެސް ރޯވެ އަނދަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު