ޒިމްބާބްވޭގެ ރައްޔިތުން އަދިވެސް ބޭނުންވަނީ ރޮބަޓް މުގާބޭ ވެރިކަމުގައި ހުންނަން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރައްވާތާ ސާޅީސް އަހަރު ވާން ކައިރި ވެފައިފައި ވަނިކޮށް މުގާބޭގެ ވެރިކަން ވައްޓާލުމުން ދުވަސްކޮޅަކު އެއްޗެއް ވިދާޅުނުވެ ހުރުމަށް ފަހު މުގާބޭ މިހާރު ގެންދަވަނީ އަނެއްކާވެސް ސިޔާސީ ވާހަކަދައްކަވަމުންނެވެ.

ޒިމްބާބްވޭގެ ވެރިރަށް ހަރާރޭގައި ހުންނަ އޭނާގެ ގެކޮޅުގައި "ޒިމްބާބްވޭ އިންޑިޕެންޑެންޓް" އަށް ދެއްވި އިންޓަވިއުއެއްގައި މުގާބޭ ވިދާޅުވީ އެހައި ގިނަ ދުވަހު ވެރިކަމުގައި ހުންނެވުނީ އޭނާ ރައްޔިތުންގެ އަޑު އެހީތީ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ރައްޔިތުންގެ އަޑު އެހިން. ރައްޔިތުން އަދިވެސް ބޭނުންވޭ އަޅުގަނޑު ރައްޔިތުންގެ އަޑު އަހަން." މުގާބޭ ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރ މަހު މުގާބޭ އަމިއްލަފުޅަށް ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ސިފައިން މުގާބޭ އާއި ދެކޮޅުވެ ގައުމުގެ ކޮންޓްރޯލް ނެގުމާއި އެކު މުގާބޭ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ޤާނޫނު ހަދާ މަޖިލީހުން ފެށުމުންނެވެ.

މުގާބޭ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޒިމްބާބްވޭގެ ވަރަށް ގިނަ ބަޔަކު މީސް މީޑިއާގައި ވަނީ މުގާބޭ އާއި ދެކޮޅަށް ޚިޔާލުފާޅުކޮށްފައެވެ. މުގާބޭ އާއި ދެކޮޅަށް ޚިޔާލު ފާޅުކުރި އެކަކު ބުނީ "މުސްކުޅި މީހާ ވަރަށް ގިނަ ހުވަފެންތަކެއް ދަނީ ދެކެމުން. އެބުނާ ގިނަ ރައްޔިތުން ތިބީ ކޮންތަނެއްގައި؟ އިންތިޚާބުގެ ނަތީޖާ އޮޅުވާލާ ރައްޔިތުންނަށް އަނިޔާވެރިވި މީހެއްގެ އަޑު އަހާކަށް ރައްޔިތުން ބޭނުމެއް ނޫން." ކަމަށެވެ.

އިތުރު މީހަކު ބުނީ މުގާބޭ ވެރިކަމުން ވެއްޓުނީ ރައްޔިތުންގެ އަޑު މުގާބޭ ނޭހުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    ނަޝީދެކޭ މީނައެކޭ ތަފާތެއް ނެތް. ރައްޔިތުން ވޯޓު ނުދީ ފަހާލީމަވެސް އިސްތިއުފާ ދިން ކަލޭގެވެސް މިކިޔަކީ ރައްޔިތުން ބޭނުމޭ ތިމަންނާ. އެބުނާ ރައްޔިތުންނެއް ވޯޓާ ޖެހުނީމަކާ ނުތިބޭ.

    • Anonymous

      ޔާމީނު އަށް ވާ ގޮތުގރ ވާހަކަ ތިކިޔަނީ މޮޔަޔާ. ޖަލްސާއަކަށް 20މީހުން ނުދޭ ޔާމީނު ދެކެ ރުޅި ނާންނަ މީހަކު ހޯދުމަކީ ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުންކަހަލަ ކަމެއް.

      • ހުސޭނު

        ދޮގުހެދުމަކީ މާތްﷲ ބާވާލެއްވި އާޔަތްތަކަށް ތިމާއީމާންނުވާކަމުގެ ހެއްކެއް. ޔާމީނުދެކެ ރުޅިނާންނަ އެތަށްހާސްބައެއް އެބަތިބި. އަމިއްލަނަން ބޭނުންކުރަންނުކެރި ފިލާތިހުރިމީހާއަށްވެސް ހަމަރަނގަޅަށް މިކަންއެނގޭ. އެކަމަކު ހަމަދޮގެއް ނުހަދާ މުހުރެވެނީދޯ/