ހިންދޫ ޑޮކްޓަރަކު ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުމުން ޕާކިސްތާނުގެ ހަ އަވަށެއްގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ ސިންކް ޕްރިވިންސްގައި ހިންދޫއަކު ކީރިތި ގުރުއާން އަންދާ އަދި ގުރުއާނަށް އިހާނެތިކޮށް ހިތާ ހެދިކަން ހާމަވެ އެތައް ބަޔަކު ވަނީ މަގުތަކަށް ނުކުމެ އޭނާގެ ފިހާރާގައި ހުޅު ޖަހައި އަންދާލާފައެވެ.

ޕާކިސްތާނުގައި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތާމީހުނަށް އުމުރަށް ޖަލަށްކުމުގެ އިތުރުން މަރުގެ އަދަބުވެސް ދެއެވެ.

https://twitter.com/IqShoaib/status/1132969718967615488?s=19

ރާޖް ކުމާރު ނަމަކަށް ކިޔާ މި މީހާވަނީ ކީރިތި ގުރުއާން އަންދާލުމުގެ އިތުރުން ގުރުއާންގެ ސަފްހާތައް ބޭނުންކޮށްގެން ބޭސްވެސް ބަންދުކޮށްފައެވެ.

ރުޅިގަދަވެ މަގުތަކަށް ނުކުތް މީހުން ވަނީ އޭނާގެ ފިހާރާގައި ހުޅުޖެހުމުގެ އިތުރަށް ޓަޔަރު ތަކުގައި ވެސް ރޯކޮށް ނުރުހުން ފާޅުކޮށްފައެވެ. ޕާކިސްތާނުގެ ސިންކް އަދި ކަރާޗީގައި ގިނަ އަދަދަކަށް ހިންދޫ އިން ދިރުއުޅެއެވެ.

އިސްލާމު ދީނަށް އިހާނެތިކޮށް ހިތުމަށް ޕާކިސްތާނުގައި ދިރިއުޅޭ ހިންދޫ އިން ވެސް ތަފާތު ރޭވުންތައް ރާވާއިރު އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއަކީ މުސްލިމުންނާއި ދެކޮޅަށް ބަސްބުނުމުގައި ކުރީ ސަފުގައި އުޅޭ ޕާޓީއެކެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު މުސްލިމުންގެ އާބާދީ 2 ވަނައަށް އެންމެ ބޮޑު ގައުމަކީ އިންޑިއާއެވެ.އިންޑިއާގައި މިހާރު ވެސް 172 މިލިޔަނަށް ވުރެ ގިނަ މުސްލިމުން އެބަތިއްބެވެ.

އިންޑިއާ ސަރަހައްދުގައި (އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް) ގައި 500 މިލިޔަނަށްވުރެ ގިނަ މުސްލިމުން އުޅެމުންދެއެވެ. އިންޑިއާއަށް އިސްލާމްދީން ތަޢާރަފްވީއްސުރެ، ވަރަށް ގިނަ ގޮތްގޮތުން އެ ސަރައްދުގެ މީހުން ކުރިއަރާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު