ސައުދީ އަރަބިއްޔާގައި ގެވެށި މަސައްކަތް ކުރުމަށް ޝައުޤުވެރިވާާ ބޭރުގެ ފަރާތްތަކަށް އެމަސައްކަތް ކުރުމުގެ ފުރުސަތު ބޭރު ޤައުމުތަކަށް ހުޅުވާލަން ނިންމައިފިއެވެ. ސައުދީން ބުނެފައިވަނީ މިހާރު މިކަމަށް ބޭނުންވާ އެންމެ ފަހުގެ މަސައްކަތް ނިމިފައިވާކަމަށާއި ކައިރި މުސްތަޤްބަލެއްގައި ބޭރު ފަރާތްތަކަށް މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރަން ނިންމާފައިވާކަމަށެވެ.

ސައުދީ އަރަބިއަން ޖެނެރަލް އިންވެސްޓްމެންޓް އޮތޯރިޓީންނާއި މިނިސްޓްރީ އޮފް ލޭބަރ އެންޑް ސޯޝަލް ޑީވެލޮޕްމެންޓް އިން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ސައުދީން މިގެނައި ބަދަލުގެ ތެރެއިން ބޭރުގެ ފަރާތްތަކަށް ސައުދީގައި މިފަދަ މަސައްކަތް ކުރުމަށް އިސްވެޓް ކުރުމުގެ ފުރުސަތާއި ބިސްނަސްގެ އުސޫލުން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށެވެ.

މީގެ އިތުރުން މިބަޔާނުގައި ބުނެފައިވަނީ މިކަން ކުރުމުގެ މަޤްސަދަކީ މި ދާއިރާގައި ސައުދީގައި ވާދަކުރާނެ ކޮންޕެނީތަށް އުފެއް ދުމަށާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ހޯދޭނެ ގިނަ ފަރާތްތަކެއް ޤާއިމްކޮށްދިނުމަށް ކަމެވެ. އަދި މީގެ އިތުރުން މިކަމަށް ކުރިިމަތިލާ ފަރާތްތަކުގައި މިދާއިރާގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާާ ހުންނަން ޖެހޭކަމަށްެވެސް މިބަޔާނުގައި ވެއެވެ.

ސައުދީން ފަހަކަށް އައިސް ސައުދި އަރަބިއްޔާގައި ކުރިން އޮތް ޤަވާއިދުތަކާއި އުސޫލުތަކަށް ބަދަލު ތަކެއް ގެންނަމުންދާއިރު، ސައުދީގެ މިބަދަލުތަށް ސައުދީންނާއި ދުނިޔެއިންދަނީ ބަލައިގަންނަމުންނެވެ. މިގޮތުން އަންހެނުންނަށްވީތީ ކުރިން ސައުދީގައި ހަނިކޮށްފައިވާ އެތަށް ކަމެއްް، މިސާލަކަށް ސުޓޭޑިއަމްއަށް ދިއުމާއި ކާރު ދުއްވުން، ފަދަ އެތައް ކަމަކުން ސައުދީގައި ދަނީ ދޫދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު