އިންޑިޔާގައި އެމްބީބީއެސް ކިޔެވުމަށް ޔުނިވަރސިޓީއަށް ވައްދައިދޭ ކަމަށްބުނެ އޮޅުވައިލައިގެން މަސައްކަތް ކުރާ ބޮޑު ނެޓްވޯކްއެއް ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ފުުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ އަނުބަރ މާރުވާގައި އޮޕަރޭޓް ކުރަމުން ދިޔަ ނެޓްވޯކެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މިނެޓްވޯކްގެ ތެރެއިން ސްކޫލް އިމްތިހާނު ތަކުގެ ނަތީޖާތައް ހޯދާ ކަމަށާއި އަދި މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ މައިން ބަފައިންނަށް ގުޅާ، ހެޔޮ އަގުގައި މެޑިސިންގް ކިޔެވޭނެ ގޮތެއް އޮތް ކަމަށް ބުނާ ކަމަށެވެ. އަދި ވަކި އެކައުންޓަކަށް ލާރި ޖަމާ ކުރުމަށް އެދޭ ކަމަށާއި މިގޮތަށް ކަންތައް ކުރުމުން، ފަހުން ޚަބަރެއް ނުވާ ކަމަށެވެ.

އިންޑިޔާގެ ފުލުހުން މިބޮޑު ނެޓްވޯކް އަތުލައިގެންފައިވަނީ ސްޓިންގް އޮޕަރޭޝަނެއް ޖައްސައިގެނެވެ. މިގޮތުން މި އޮޕަރޭޝަންގައި 78 ލައްކަ އަށްވުރެ ގިނަ ރުޕީސްވަނީ ހޯދާފައެވެ. އަދި މިމީހުން ފައިސާ އަތުލި މީހުންނަށް އަބުރާ ފައިސާ ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު