މޭވާއެއް ކެއުމުގެ ސަބަބުން އިންޑިއާގެ ބިހާރު ސްޓޭޓްގައި 50 އަށް ވުރެން ގިނަ ކުޑަކުދިން މަރުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ލައިޗީ ނަމަކަށް ކިޔާ މި މޭވާ ކައިގެން މިހާތަނަށް 53 ކުޑަކުދިން ވަނީ ސިކުނޑީގެ ބަައްޔެއް ޖެހިގެން މަރުވެފައެވެ. މި މޭވާ ކެއި ކުދިން ވަނީ އާދަޔާ ހިލާފަށް ހުން ގަދަވެ ހޮޑުވެސް ލަވާފައެވެ.

ލައިޗީ ނަމަކަށް ކިޔާ މި މޭވާގައި އާދަޔާ ހިލާފު ވިހަދަގަދަ މާދާއެއް ހިމެނޭ ކަމަށާއި ކުދިން މަރުވާން މެދުވެރިވީ މި ވިހައިގެ ސަބަބުން ވަރަށް ބޮޑަށް ބަލިވެ ހާލުދެރަވެގެން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ

53 ކުޑަ ކުދިން މަރުވި ބިހާރު ސްޓޭޓުގައި އިތުރު 40 ކުދިނަށް އައިސީޔޫގައި ދަނީ މި މޭވާ ކެއުމުގެ ސަބަބުން ފަރުވާދެވެމުންނެވެ. އިންޑިއާގެ ބިހާރު ސްޓޭޓަކީ މި މޭވާ ހައްދަން މަޝްހޫރު ހިސާބެކެވެ.

މި ހާދިސާ އާއި އެކު 2014 ވަނަ އަހަރު މި ސަރަހައްދުން 150 މީހުން ގޮތް ނޭންގޭ މަރަކުން މަރުވީ މި މޭވާ ބޭނުން ކުރުމުގެ ސަބަބުން ކަމަށް މިހާރު ވަނީ ބެލެވިފައެވެ. 2014 ވަނަ އަހަރު މުޅި ޖުމުލަ 200 އަށް ވުރެން ގިނަ މީހުން ވަނީ ކުއްލިގޮތަކަށް ބަލިވެ އޭގެ ތެރެއިން 150 މީހުނަށް ފަރުވާދެވެމުން ދަނިކޮށް ވަނީ މަރުވެފައެވެ. ކުރިން ބެލެވިފައި އޮތީ އެމީހުން މަރުވީ ކާނާ ވިހަވެގެންނެވެ.

މި ހިތާމަވެރި ހާދިސާތަކަށް ފަހު ބިހާރުގެ މުޒަފަރު ޕޫރުގަައި މި މޭވާ ހެއްދުން ހުއްޓުމަކަށް ގެނައުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ މިހާރު މައްސަކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މަހޭޝް

  މޭވާއެއް ނޫންތާ ތީ ( ވިހަ ގަހެއްތާ )
  މޭވާއަކީ ހަށިގަނޑަށް ފައިދާކުރާ އެއްޗެކޭ ކިޔާ އަޑުއަހަން އެހެނަސް މިހާރު މިއޮތީ އޭގެ އިނދިކޮޅުތާދޯ އައިސަ.

  14
  1
 2. ޝިޢާ

  މަޢުލޫމާތު ފުރިހަމަކޮށް ލިއުނު ނަމަ އޮޅުން ނޭރީސް. މިމޭވާއަކީ ވިހައެއް ނޫން. ނަމަވެސް ހަށިގަނޑު ދެރަވަރު ކުދިން ހުސްބަނޑާތިބެ ރަނގަޅަށް ދޮންނުވާ މޭވާ މާގިނައިން ކައިފިނަމަ މިވިހައިގެ އަސަރެއް މިކުރަނީ. އަދި މީގެ އޮށުންވެސް ހަމަ މިގޮތަށް ވިހަވެދާނެ ކައިފިއްޔާ. އެނގިލައްވާތޯ އާފަލުގެ އޮށުގައިވެސް ނުރައްކާތެރި ސައިނައިޑް ވިހައިގެ އަސަރު ހުންނަކަން. ނަމަވެސް އެއީ ވަރަށް ކުޑަ މިންވަރެއް. އެއިން ނުރައްކާ ވާނީ ގިނަ ޢަދަދަކަށް އޮށް ކެވިގެން. ލައިޗީއިންވެސް ވިހަވެގެން މިއުޅެނީ މިފަދަ ގޮތަކަށް. އެހެންކަމުން އެމޭވާ ވިހައެކޭ ކިއުން ރަނގަޅެއްނޫން. އެކަމަކު އެމޭވާއާއިބެހޭގޮތުން ހޭލުންތެރިކުރުވަންވީ

  29
 3. ކިޔާ

  މިރޯދަމަސްތެރޭގަ އަހަރެންވެސް ލައިޗީ ވ.ގިނައިން ކެއިން..އިންޝާﷲ އެއްވެސް މައްސަލައެއް ދިމާނުވޭ..ހީވަނީ އެކުދިން އޮށާއިއެކު ކަނީކަމަށް..އަހަރެން ކުޑައިރު އެންމެ ފުރަތަމަ އަތަކޭ ދުވަހު އަތަމީރުކަމުން ކެއީ އޮށްތަކާވެސް އެކު..އޮށްތަށްކެއީމަ ހޮޑުލައި މަރުނުވީކިރިޔާ..މިވެސް ވެދާނެ ގޮތެއް..ވަﷲއަޢުލަމް.

  24