އިސްރާއީލުން ފަލަސްތީނުގެ 72 އާއިލާއެއްގެ ގެދޮރު ސުންނާފަތިކޮށް 550 މީހުން މަގުމަތިކޮށްލަން ތައްޔާރުވެއްޖެއެވެ.

ރިޕޯޓުތަށް ބުނާގޮތުގައި އިސްރާއީލުން މިހާރުދަނީ އަޅުވެތިކޮށްފައިވާ އިރުމަތީ ޖަރުސަލަމުގައި ދިރިއުޅޭ 72 ފަލަސްތީނުގެ އާއިލާއެއް އެމީހުންގެ ގެދޮރުން ނެރެ ގެތަށް ތަޅާލަން ތައްޔާރުވަމުންނެވެ.

އިރުމަތީ ޖަރުސަލަމްގައި ދިރިއުޅޭ ފަލަސްތީނުގެ 72 އާއިލާއަކަށް ނިސްބަތްވާ 550 މީހުން މި ސަބަބާއު ހުރެ މަގުމަތިވެގެން ދާނެ ކަމަށް ބެލެވެއެވެ.

އިސްރާއީލުން މިދިޔަ އޭޕްރީލް މަހު ފަލަސްތީނުގެ ދެ އާއިލާއެއްގެ ގެދޮރު ވަނީ ސުންނާފަތިކޮށްލާފައެވެ.

އިސްރާއީލުން 1967 ވަނަ އަހަރު އިރުމަތީ ގުދުސްއާއި ހުޅަނގު އައްސޭރި ހިފި ފަހުން މިހާތަނަށް 140 އަށްވުރެ ގިނަ ފަހަރުމަތިން ގެދޮރު ބިނާކޮށްފައި ވެއެވެ. އަދި އެސަރަހައްދުތަކުގައި އާބާދު ކޮށްފައިވާ ޔަހޫދީންގެ އަދަދު 600000 އަށް ވުރެ އިތުރެވެ.

މިއާ އެކު ރިޕޯޓަކުން ދައްކާ ގޮތުގައި 1967 ވަނަ އަހަރު އިސްރާއިލުން އިރުމަތީ ޤުދްސަށް އަރައި އެރަށް ހިފިފަހުން ފަލަސްޠީނު މީހުންގެ 5000 ގެ ތަޅާލާފައި ވެއެވެ.

އިސްރާއީލު މީހުންނަށް ހަމަލާދޭ ފަލަސްތީނު މީހުންގެ ގެދޮރު ތަޅައި ސުންނާފަތި ކުރުމަކީ އިސްރާއީލުން އާންމުކޮށް ހިންގާ އިންސާނިއްޔަތާ ޚިލާފް ޖަރީމާއެކެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު