އިންޑިޔާގެ ސަރުކާރަށް ފާޑު ކިޔަމުންދާ ނޫސްވެރިން ހައްޔަރު ކުރަން ފެށުމުން، އިންޑިޔާގައި މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.

އިންޑިޔާގެ އަމިއްލަ ޓީވީ ޗެނަލްއެއް ކަމަށްވާ ނޭޝަނަލް ލައިވްގެ ތިން ނޫސްވެރިޔައަކާއި އަމިއްލަ އެއް ނޫސްވެރިއެއް އިންޑިޔާގެ ފުލުހުން މިހަފްތާގެ ތެރޭގައި ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މިހައްޔަރުތައް ކޮށްފައިވަނީ އިންޑީޔާގެ އުއްތަރަ ޕްރަދޭޝްގެ ސްޓޭޓް މިނިސްޓްރގެ ނަން ހަޑި ކުރި ކަަމަށް ބުނެ ކުރަމުންދާ ތަޙްޤީޤަކާއި ގުޅިގެންނެވެ.

ނޫސްވެރިންތަކެއް އިންޑިޔާއިން ހައްޔަރުކޮށްފައިވާއިރު، އިންޑިޔާއަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލަމުން އަންނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ. އިންޑިޔާގެ އާއްމު އިންތިޚާބު މިދިޔަ މަހުގައި އޮތް އިރު، އިންޑިޔާގެ މިފަހަރު މަޖިލީހަށް އިންތިޚާބުވީ ކޮރޮޕްޝަންގެ ކުށްތައްކޮށްފައިވާ ގިނަ ފަރާތްތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ/

އިންޑިޔާގައި ނޫސްވެރިކަން ހަނި ކުރުމަށް މަަސައްކަތްތަކެއް ކުރަމުންދާ ކަމަށްބުނެ މުޒާހަރާ ކުރަމުންދާއިރު، މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ މި މުޒާހަރާ ތަކަކީ އިންޑިޔާގައި ނޫސްވެރިން ވަގަށް ނަގާތީ ކުރަމުން އަންނަ މުޒާހަރާތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލް

    ޑިމޮކްރަސީ ގެ އެއްމެ ބަނޑު ބޮޑު، އެއްމެ ކޮރަޕްޓް ގައުމު. މޯދީ ސޯލިހައް ދިން ބެޓްވެސް އެއީ ކޮރަޕްޝަންގެ ޢަމަލެއް. ސޯލިޙް ގޭގަ އޮއްވައެއް ނޫން ދޯ އެ ބެޓް އެ ލިބުނީ...

  2. ޝައްކު

    އަނެއްކާ މިރާއްޖޭގެ ނޫސްވެރިން ވަގަށްނަގަނީ ކޮން ބަޔެއްބާ؟؟؟؟

  3. ނީލް

    މިރާއްޖޭގެ އެބައިމީހުން މޯދީގެ ބަސްއަހާނެ މޯދީ އަމިއްލަ ޤައުމުގެ އެފަދަ ކަންކަން ހުއްޓުވާކަށް އެއްވެސް ކަމެއް ނުކުރަންތަ؟ ރާއްޖޭގެ ކަންކަން ފޭރިގަތީމާ ނިމުނީތަ؟