އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާގައި ޗައްޓިސިގަރްހް ސިޓީގައި ހިނގި ހޮނުއެޅުމުގެ ދެ ހާދިސާއެއްގައި ހަތަރު މީހަކު މަރުވެއްޖެއެވެ.

ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ހޮނު އަޅައިގެން މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނެއެވެ.

އުމުރުން 16 އަހަރުގެ ކުއްޖަކާއި އޭނާގެ ކޮއްކޮ މަރުވެފައި ވަނީ، ގޭގައި ހުންނަ އަނބު ގަހަކުން އަނބު ބިންނަން ގޮސް ތިއްބާ ހޮނުއެޅުމުގެ ސަބުބުންެނެވެ. މި ދެ ކުދިންގެ ގަޔަށް ހޮނުއަޅާ މަރުވީ އިއްޔެއެވެ. އަދި މިކުދިންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

މި ކުދިންގެ އިތުރުން ހޮނުއެޅުމުގެ ސަބަބުން ދެން މަރުވެފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ 18 އަހަރުގެ ދައްތައެކެވެ. މި ދެ މީހުން މަރުވެފައި ވަނީ ގޭގެ ފަހަތުގައި ހުންނަ ދަނޑުގައި ފެންވަރަން ތިއްބާއެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެއެވެ.

މި ދެ މީހުންގެ ގަޔަށް ހޮނުއެޅުމާއެކު ފަރުވާ ދިނުމަށް ކައިރި ސިއްހީ މަރުކަޒަކަށްވެސް ގެންދިޔައެވެ. އެހެންނަމަވެސް ދެ މީހުންވެސް ގެނައި މަގުމަތީގައި މަރުވެފައި ވާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު