އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގައި ކިޔަވަން ގަދަ ހެދި ކުއްޖަކަށް އެކުއްޖާގެ ބައްޕަ ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ "އިންޑިޔާ ޓްޑޭ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާދީފައިވަނީ 15 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ. މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މިކުއްޖާ ބުނެފައިވަނީ އެކުއްޖާއަށް ހަމަލާދީފައިވަނީ ބޭބެއާއި ބައްޕަ ކަމަށެވެ.

"ބޭބެ އާއި ބައްޕަ އަހަރެން ޖަންގައްޔަކަށް ފުރަތަމަ ގެންދިޔައީ. ގެންގޮސްފައި ހެދުން ބާލުވާފަ، ފަހަތުން ބުރިކޮށްޓަށް ވަޅިއެއް ޖެހީ، ދެން ބުނީ ކިޔަވާނަންހޭ، އަޅުގަނޑު އާނ އެކޭ ބުނީމަ، އަނެއްކާވެސް އެތަނުން ވަޅި ނަގާފަ އެހެން ތަނަކަށް ޖެހީ" އިންޑިޔާގެ ނޫސްތަކަށް އެކުއްޖާ ބުންޏެވެ.

ހޮސްޕިޓަލާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މިކުއްޖާގެ ގަޔަށް 5 ފަހަރު ވަޅި ޖަހާފައިވާ ކަމަށެވެ. ފުލުހުން މިމައްސަލަ މިހާރުދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މީ ވާނީ މުސްލިމުންގެ ކަަމަކަށް. ޢަފްގާނުގަ ވަރަށް އާއްމުކަމެއް މިވެސް