ހަތަރު އަހަރުގެ އަމިއްލަ ދަރިފުޅު ޖިންސީ ގުޅުން ހިންވުމުމަށް އެހެން ބަޔަކަށް ވިއްކާލުން އުޅުނުކަމުގެ ކުށް ބައްޕަގެ މައްޗަށް ސާބިތުވެ 60 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ 2015 ވަނަ އަހަރުއެވެ. އެންޑްރިވް ޖޭމްސް ޓަރްލޭ ނަމަކަށް ކިޔާ އެ މީހާ އޭނާގެ ދަރިފުޅު ވިއްކާލަން މަސައްކަތްކޮށްފައި ވަނީ އޮންލައިންކޮށް އިޝްތިހާރުވެސް ޖަހައިގެންނެވެ.

މިކަން ފަޅާއަރާފައި ވަނީ، ޓަރްލޭ އެ ކުއްޖާ ވިއްކާލަން އުޅުނު މީހާއަކީ ފުލުހަކަށްވުމާއެކު، އޭނާ އެ ކުއްޖާ ސަލާމަތް ކުރަން ބޭނުންވީމައެވެ. އެއިރު ޓަރްލޭއަށް އެއީ ފުލުސް މީހެއްކަމެއް ނޭގެއެެވެ. ޓަރްލާ ވަނީ އެ މީހާއަށް އެ ކުއްޖާއަކީ 10 އަހަރުގެ ކުއްޖެއްކަމާއި، އެ ކުއްޖާ ވިއްކާލަނީ ދެ ގަޑިއިރަށް 1000 ޑޮލަރަށް ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން އެ ފުލުސް މީހާ ޓަރްލޭ ބުނިތަނަށް ދިޔައެވެ. އެތަނަށް ދިޔައިރު، އޭނާގެ ދަރިފުޅު އޮތީ ކޮޓަރީގައި ބަރަހަނާކޮށެވެ.

އެ މައްސަލައާ ގުޅިގެން 30 އަހަރުގެ ޓަރްލޭ ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ. އޭނާ ޕޭރޯލްގެ ދަށުންވެސް 75 އަހަރުވުމުން ނޫނީ ދޫކޮށްނުލާގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ.