މެސެޖުކުރުމުގައި އެމޯޖީ ބޭނުން ކުރުމަކީ އާންމު ކަމެކެވެ. އެހެނަސް މިފަހަރު މިއޮތީ މެސެޖު ކުރިއިރު އެމޯޖީ އެއް ފޮނުވުމުންން ވަޒީފާ ގެއްލިފައެވެ.

ޗައިނާގެ ހުނާން ޕްރޮވިންސްގެ ޗަންގްޝާގެ ޕްރައިވެޓް ކުންފުންޏެއްގައި މަސައްކަތްކުރާ އަންހެން މީހާ މިދިޔަ ހަފުތާގައި ވަޒީފާއިން ވަކިކުރީ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ވީޗެޓް ގްރޫޕެއްގައި "އޯކޭ" އިމޯޖީން ބޮސްއަށް ޖަވާބު ދިނުމުންނެވެ.

އެ އޮފީހުގެ މެނޭޖަރ ގުރޫޕުގައި އެދުނީ މީޓިންއަކަށް ބޭނުންވާ ޑޮކިއުމަންޓްތަކެއް ފޮނުވައި ދިނުމަށެވެ. އެއާއެކު އަންހެން މުވައްޒަފު ޖަވާބުގައި "އޯކޭ" އެމޯޖީ މެސެޖުން ރިޕްލައި ކުރީއެވެ. މިކަމާ ރުޅިގަދަވެގެން އެއީ މަސައްކަތުގެ އަހުލާގާ ހިލާފު އަމަލެއް ކަމަށް ބުނެ މެނޭޖަރު ވަނީ މުވައްޒަފަށް އިންޒާރު ދީ، ވަޒީފާއިންވެސް ވަކިކޮށްފައެވެ.

އެ އަންހެން މުވައްޒަފު އެމޯޖީ ފޮނުވުމާއެކު މެނޭޖަރ ރުޅިގަދަވެ، މެސެޖު ކުރީމާ ޖަވާބު ދޭން ވާނީ މެސެޖަކުން ކަމަށާއި، މެސެޖުން ޖަވާބުދޭން ނޭނގޭ ވަރުގެ މީހަކު ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ. އަދި ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ގުޅައިގެން ވަޒީފާއިން ވަކި ކުރުމުގެ ލިޔުމާ ހަވާލުވާން އެދޭކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން އެ އަންހެން މީހާ ބުނީ އެ އޮފީހުގައި މަސައްކަތްކުރާތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް އަދި ދުވަހަކުވެސް މިފަަދަ ކަމަކާއި ދިމާނުވާ ކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން އަދާކުރަމުން ދިޔަ ވަޒީފާއިން ކޫސަނި ކަމެއްގައި ކަނޑާލުމަކީ އިންސާފެއް ނޫން ކަމަށް އެނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު