އެމެރިކާގެ އެލެސްކާގެ ޖަންގަލި ތަކުތަކުގައި މި މަހު 21 ގައި ރޯވެ އަނދަން ފެށި އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރިއްޖެއެވެ.

އެމެރިކާގެ ޖަންގަލިތަކުގައި ގުދުރަތީ ސަބަބަކާހުރެ ރޯވުމަކީ އާންމު ކަމެކެވެ.

އަލަސްކާގެ ހެސް ކްރީކްގައި ރޯވެ އަނދަމުންދާ އަލިފާން ގަނޑު މިހާރު ވަނީ 142,000 އޭކަރަށް ފެތުރިފައެވެ.

މިއާއެކު މިއީ މި އަހަރު އެމެރިކާގެ ޖަންގަލިތަކުގައި ރޯވުމުގެ އެންމެ ބޮޑު ހާދިސާއެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލިފާން ނިއްވަން ފަސޭހަ ވާނެ މިންވަރަށް ވައި މަޑުވާނެ ކަމަށް އުއްމީދު ކުރެވެ އެވެ.

މިދިޔަ އަހަރު އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ދެކުނުގެ އެކި ހިސާބުތަކުގައި ވަރަށް ގަދައަށް އަލިފާން ރޯވެ އަނދައިފައި ވެއެވެ.

މި ހާދިސާއަކީ ކެލިފޯނިއާގެ ތާރީޚުގައި ކުރިމަތިވި އެންމެ ގެއްލުން ބޮޑު އަލިފާނުގެ ހާދިސާ ކަމަށްވާއިރު މި ހާދިސާގައި 100000 އެއްހާ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި އެތައް އަވަށްތަކެއްވަނީ އަޅިއަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު